ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، ފުވައްމުލަކު ސިޓީގެ ދަނޑިމަގު ވޮލީކޯޓު ކައިރިންނެވެ.

ދެ ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 30 އަހަރުގެ އަންހެނަކާއި، 19 އަހަރުގެ ފިރިހެނެކަށެވެ. މި ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އަދި މި ދެ މީހުންވެސް ވަނީ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވީ،ފުވައްމުލަކުގައި އެކްސިޑެންޓެއް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހަވީރު 17:38 ހާއިރު ކަމަށެވެ.