ބައެއް ސަހަރައްދުތަކުގައި ޕަބްޖީ މަނާކުރަނީ

ޕަބްޖީ ކުޅުމުގައި ދެވިހިފާފައި ތިބި އެތައް ހާސް ބަޔަކު އެބަތިއްބެެވެ. އެ ކުޅެން ފަށައިފނަމަ ހަމަ އެއަށް ދެވިހިފަނީއެވެ. އެހެން ކަމަކަށް ސަމާލުކަން ދޭކަށް ބޭނުން ނުވަނީއެވެ.

މިދިޔަ މާރިޗް މަސް ތެރޭގައި ވުޖޫދަށް އައި މި ގޭމް ނުކުޅޭ ބަޔަކު މަދުވާނެއެވެ. އެ ގޭމާއި ހެދި މުހިންމު ގިނަ ކަންތައްތަކަށް ސަމާލުކަން ނުދެވި، ސްކޫލް ކުދިންގެ ކިޔެވުންވެސް ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައިވާކަމަށްވެއެވެ.

އެހެންވެ ގިނަ އިންސްޓިޓިއުޝަންތަކުން މިހާރު އެ ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެގޮތުން އިންޑިއާގެ ބައެއް ސިޓީތަކުގެ ހޮސްޓެލްތަކުގައި އާއި ސްކޫލްތަކުގައިވެސް އެ ގޭމް ކުޅުން ވަނީ އެއްކޮށް މަނާކޮށްފައެވެ.

ހޮސްޓެލް ތެރޭގައި ޕަބްޖީ ކުޅުން މަނާކޮށް ޓަމިލް ނެޑޫގެ އިންސްޓިޓުޝަންއަކުން ނެރުނު ނޯޓިސްގައި ބުނެފައި، ޕަބްޖީ ކުޅޭތީ ހޮސްޓެލްގައި ދިރިއުޅޭ ކުދިންނަށް އުނދަގޫވާތީ އެކަން މަނާ ކުރާ ކަމަށެވެ.

އޭޣެ އިތުުރުން ބެންގަލޫރްގެ ސްކޫލަކުން ވެރިންވެސް ދަނީ އެ ގޭމްގެ ސަބަބުން ކުދިންނަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ މައިންބަފައިންނަށް ކިޔާދެމުންނެވެ. އަދި ގުޖްރާތްގެ ސަރުކާރުންވެސް ވަނީ ޕަބްޖީ މަނާ ކުރުމަށް ހާއްސަ ސާކިއުލާއެއް ނެރެފައެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، އެ ގޭމް ބަނާ ކުރަނީ ޕްރައިމަރީ ސްކޫލްތަކުގައެވެ. އަދި އޭގައި ބުނެފައި ވަނީ އެ ގޭމުގެ ސަބަބުން، ކުދިންގެ ކިޔެވުމަށް ބުރޫ އަރާ ކަމަށެވެ.

މުޅި އިންޑިއާގައިވެސް އެ ގޭމް ކުޅުން މަނާ ކުރުމަށް ނޭޝަނަލް ކޮމިޝަން ޗައިލްޑް ރައިޓްސް އިން ވަނީ ގޮވާލާފައެވެ.