ސަލްމާން ހާންގެ “ސުލްތާން” އަށް ޗައިނާއިން ފިނި ތަރުހީބެއް

6 ވަނަ އަހަރު އިންޑިއާގެއި ރިލީޒް ކުރެވުނު ސަލްމާން ޙާންގެ ބްލޮކްބަސްޓާ ފިލްމު “ސުލްތާން” ޗައިނާގައި ރިލީޒްކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ޗައިނާހެ ސިނަމާތަކުގައި އެ ފިލްމު ރިލީޒްކޮށްފައިވާއިރު ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ލިބިފައި ވަނީ 6.66 ކުރޯރު ރުޕީޒް (940،000 ޑޮލަރު) ގެ އާމްދަނީއެކެވެ.

އެހެންކަމުން މިއީ ޓްރޭޑް އެނަލިސްޓުން ލަފާކޮށްފައިވާ އާމްދަނީއަށް ވުރެއް މާ ކުޑަ އާމްދަނީއެކެވެ.

ސަލްމާންގެ “ބަޖްރަންގީ ބާއިޖާން” އަށް ޗައިނާގައި ބޮޑު ތަރުހީބެއް ލިބުމުން، ޓްރޭޑް އެނަލިސްޓުން ވަނީ “ސުލްތާން” އަށް އެއަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމުގައި ލަފާކޮށްފައެވެ.

“ބަޖްރަންގީ ބާއިޖާން” ޗައިނާގައި ރިލީޒް ކުރި ފުރަތަމަ ދުވަހު އެ ފިލްމަށް 2.26 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

“ސުލްތާން” އާއި އެއް ކޮންސެޕްޓަކަށް އުފެއްދި އާމިރު ޚާންގެ “ދަންގާލް” ޗައިނާގައި ގިނަ ރެކޯޑުތަކެއް މުގުރާލައިފައިވާއިރު ސުލްތާންއަށް ޗައިނާއިން ފިނި ތަރުހީބެއް ލިބުމުން ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ.

ނަމަވެސް ކުރިއަށް އޮތް ތާނގައި އެ ފިލްމުގެ މަގުބޫލުކަން ޗައިނާގައި އިތުރުވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކުޅަދާނަ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް، ކުޅަދާނަ ބަތަލާ އަނުޝްކާ ޝަރްމާ އަދި ބޮލީވުޑްގެ މަޝްހޫރު އެތަށް ފިލްމެއްގެ ލީޑު ރޯލުތަށް ކުޅެދީފައިވާ ސަލްމާން ލީޑު ރޯލުން ފެނިގެންދާ “ސުލްތާން” އަށް ވަނީ 300 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފައެވެ. އަދި އެއީ 2016 ވަނަ އަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމުވެސް މެއެވެ.