މޭކަޕް ކުރާ އަންހެނުންނަށް ކާމިޔާބީއަށް ވާސިލް ވުމަށް އުނދަގޫވޭ

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި އަންހެނުންނަކީ މޭކަޕް ކުރާ އަންހެނުންނެވެ. އަދި ވަޒީފާގެ މާހައުލުގައި އުޅޭ 60 އިންސައްތަ އަންހެނުންނަކީ މޭކަޕް ކުރާ އަންހެނުންނަށް ވީ ހިނދު މޭކަޕް ކުރާ އަންހެނުންނަށް ކާމިޔާބީއަށް ވާސިލް ވުމަށް ނުވަތަ ކުރިއަށް ދިޔުމަށް އުނދަގޫތަކާއި ކުރިމަތިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެގޮތުން އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް މިޝިގަން ގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި މޭކަޕް ކުރާ އަންހެނުންނަށް  ކާމިޔާބީއަށް ވާސިލް ވުމަށް އުނދަގޫވަނީ އެހެން މީހުންގެ ފަރާތުން ލިބެން ޖެހޭ އިހްތިރާމް ނުލިބުމުގެ ސަބަބުން ކަމުގައެވެ.

އަދި މޭކަޕް ކުރުމަކީ ސިފަ އޮޅުވާލުމުގެ އަމަލެއް ކަމަށާއި އެކަމަކީ މީހާގެ ހަރުދަނާ ކަމެއް ނެތްކަން ހާމަވާ ކަމެއް ކަމުގައި އެ ޔުނިވާސިޓީގެ ސައިންސްވެރިން ބުނެއެވެ.

އަދި މިކަން ކަށަވަރު ކުރުމަށް 8،000 ވުރެއް ގިނަ އަންހެނުން ވަޒީފާގެ މާހައުލުގައި އަމަލުކުރަމުން އަންނަ ގޮތް ދިރާސާކޮށްފައިވާއިރު އޭގެ ތެރެއިން ގަދައަށް މޭކަޕް ކޮށްގެން ވަޒީފާތަކަށް ދާ މީހުންގެ 70 އިންސައްތަ އަންހެނުން އެކި އެކި ސަބަބުތަކާއި ހުރެ ވަޒީފާއިން ވަކިވާން ޖެހޭ ކަމުގައި ދިރާސާއިން ދައްކައެވެ. އަދި މޭކަޕް ކުރާ 80 އިންސައްތަ އަންހެނުންނަށް ކުންފުނިތަކާއި އޮފީސްތަކުގެ ވެރިންގެ ސަމާލުކަން ނުލިބޭ ކަމަށްވެސް އެ ދިރާސާ އިން ދައްކައެވެ.

މޭކަޕް ކުރުމަކީ އެކަމުގައި ސިއްހީ މައްސަލަތަށް ވެސް އެކުލެވޭ ކަމަކެވެ. އެގޮތުން ހަންގަނޑު ރޫޖެހުމާއި އަވަހަށް މުސްކުޅިވުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހަންގަނޑުން ބިހި ނެގުން ފަދަ ކަންކަމީވެސް މޭކަޕް ކުރުމުގެ ސަަބަބުން ކުރިމަތިވާ ކަންކަން ކަމަށް ކަމާ ބެހޭ މާހިރުން ބުނެެއެވެ.