ހުސް ބަނޑާ ހުރެ ކަސްތަރު ކުރުމަކީ ގެއްލުން ހުރި ކަމެއް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. އަދި ގިނަ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮށް އުޅޭ އެއްކަމަކީ ކަސްރަތު ކުރުމެވެ. ބައެއް މީހުން އަރައިގެން އަންނަ އިރާއި އެކު ކަސްރަތު ކުރާއިރު ބައެއް މީހުންނަކީ ރޭގަނޑުގެ ހަމަ ހިމޭންކަމުގައި ކަސްރަތު ކުރާ މީހުންނެވެ.

ކަސްތަރު ކުރާ ގިނަ މީހުން ކަސްތަރު ކުރަނީ ހުސް ބަނޑާއި ހުރެއެވެ. ނަމަވެސް ސިއްހީ މާހިރުންގެ ނަޒަރުގައި އެއީ އެއްގޮތަކަށްވެސް ކުރުން ބުއްދިވެރިކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ހަޖަމު ކުރުމުގެ މައްސަލަތަށް ކުރިމަތިވާތީއެވެ،

.ކަސްރަތު ކުރުމުގެ ކުރިން ކެއުމުން ހާއްސަކޮށް ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ކައިފިނަމަ ކަސްރަތުން ލިބޭ ފައިދާ އިތުރުވެގެންދެއެވެ. ކަސްރަތުކުރުމުގެ ކުރިން ކާލާ ލުއި ކާނާގެ ސަބަބުން މީހާގެ ހަށިގަނޑުން ސަރުބީ ވިރުވާލާ ވަރުގަދަ ނިޒާމަކާއި އެކު މަސައްކަތް ކުރަން ފަށައެވެ.

ކަސްރަތުގެ ކުރިން ލުއިކާނާއެއްގެ ގޮތުގައި ކެއުން އެންމެ ރަނގަޅީ ކާބޯހައިޑްރޭޓް މުއްސަނދި ކާއެއްޗެކެވެ. ކަސްރަތު ކުރުމުން ހަށިގަނޑުގައި ގްލައިކޮޖަން ގެ ގޮތުގައި ރައްކާކުރެވިފައިވާ ކާބޯހައިޑްރޭޓްތައް ބޭނުންކުރެވެއެވެ. ލުއި ކާނާގެ ސަބަބުން ހަށިގަނޑުން މަދުވާ ކާބޯހައިޑްރޭޓްތައް ފޫބައްދާލައެވެ. އަދި މީގެ އިތުރުން މަސްގަނޑަށް ލިބިދާނެ ގެއްލުން ކުޑަކޮށްދެއެވެ. މިގޮތުން ތިރިގައިވާ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ކަސްރަތު ކުރަން ފެށުމުގެ 15-30 މިނެޓާ ދޭތެރޭ ކެއުން އެދެވިގެންވެއެވެ.

ޕްރޮޓީންސް އަދި ފެޓްސް އެކުލެވޭ ކާނާ ކަސްރަތު ކުރުމުގެ ކުރިއަށްވާ ދެގަޑި އިރު ދޭތެރޭ މާގިނައިން ކައިފިނަމަ ހަށިގަނޑުގައިވާ ލޭތައް ގައިގެ މަސްތަކަށް ދިޔުމުގެ ބަދަލުގައި ބަނޑަށް ދައުރުވާން ފަށައެވެ. ކާބޯހައިޑްރޭޓްސް ގެ އަނެއް ފައިދާ އަކީ ކަސްރަތުކުރަމުންދާއިރު ވަރަށް ބާރު މިނެއްގައި އޭގެ ބޭނުން ހަށިގަނޑުތެރޭގައި ކުރެވުމުން ދާކަމެވެ.

އެހެންކަމުން މާ ލަސްނުވެ ހަށިގަނޑުގައިވާ ކާބޯހައިޑްރޭޓްސް ހުސްވެ ސަރުބީ އަނދަން ފަށައެވެ.