އުދަ އަރާނެތީ ސަމާލުވޭ، މުޅި ރާއްޖެއަށްވެސް ދިޔަވަރު ބޮޑުވާނެ

ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަކަށްވާތީ ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުކަންދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ވައިގަދަވެ ކަނޑުތައް (ހާއްސަކޮށް އުތުރާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް:

* އުތުރުގެ ސަރަހައްދުތަކަށް: މިރޭ 19:45 އަދި މާދަމާ 09:26 ގައި

* މެދުތެރޭގެ ސަރަހައްދުތަކަށް މިރޭ 21:08 އަދި މާދަމާ 10:27 ގައި

* ދެކުނުގެ ސަރަހައްދުތަކަށް މިރޭ 22:25 އަދި މާދަމާ 11:20ގައި

މޫސުމާއި ބެހޭ އިދާރާއިން ބުނީ މިރޭ 08:00 އިންް މާދަމާ ރޭ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށްވެފައި، ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ރާއްޖެ އަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.