ސެމީ ފައިނަލުގައި ވާދަކުރަނީ ދަޑިމަގާއި ހޯދަޑު އަދި މާލެގަމާއި ދޫނޑިގަން ޓީމު

ފުވައްމުލަކު ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ބުޗާ ކަޕް 2017ގެ ގުރޫޕް ބީގެ ފަހުމެޗާއި އެކު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ވާދަ ކުރީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރެވިފައިވާ ގްރޫޕް ބީގެ ދެޓީމު ކަމަށްވާ ދަޑިމަގު ޒުވާނުންގެ ޖަމްއައްޔާ އާއި މާލެގަމު ޔޫތު ފައުންޑޭޝަން ގެ ޓީމުގެ މެޗެވެ. މިމެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށް ދަޑިމަގު ޒ.ޖ. އިން ވަނީ ގްރޫޕުގެ އެއްވަނަ މަގާމު ހޯދާފައެވެ.

މިނަތީޖާއާއެކު ސެމީ ފައިނަލުގަިއ ދަޑިމަގު ޒޖ.ގެ ޓީމުން ވާދަކުރަން ޖެހޭނީ  ހޯދަޑު (ޕީއާރުއެސް) ޓީމާއެވެ. އަދި އޭ ގުރޫޕްގެ އެވަނަ ޓީމު ކަމަށްވާ ފުވައްމުލަކު ސްޕޯރޓްސް ކްލަބް (ދޫނޑިގަން) ބައްމުލު ކުރާނީ މާލެގަން ޔފ. ގެޓިމާއެވެ.

ހަތް ޓީމު ވާދަކުރި މިމުބާރާތުގައި ފޯރިގަދަ މެޗުތަކަކަށްފަހު 3 ޓީމު މިވަނީ މުބާރާތުން ކަތާފައެވެ. މުބާރާތުގެ އެންމެ ފުލަށް ދިޔައީ ހޯދަޑު ވެށިަލަ ޖަމްއްިޠާގެ ޓީމެވެ. ދެން މުބާރާތުން ކެޓީ މިސްކިތްމަގު އއ.ގ. ޓީމާއި ފުވައމްުލަކު ޒުވާނުންގެ ރޫޙު (ދިގުވާނޑު) ޓީމެވެ.

އަންނަ އަހަރު މިމުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށް މުބާރާތުގެ ފައުންޑަރ ބުޗާ ވަނީ ވިލާ ޓީވީގައި ހާމަކޮށްފައެވެ. މީގެ އިތުރުން މުބާރާތުގެ އަގުވެސް ބޮޑު ވެގެންދާނެ ކަމަށް ހާމަކުރިއެވެ.

ނޯޓް : މިއީ މިކަލް ނިއުސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.