ކްރިޝް 4 ގައި ރިތިކް ފެނިގެންދާނީ ދެ ގޮތަކަށް

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ “ކްރިޝް”ގެ ފިލްމްތަކުން ދެން ނެރޭ ފިލްމްގައި ރިތިކް ރޯޝަން ދެގޮތަކަށް ފެންނާނެކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އޭނާ މި ފަހަރު ފެނިގެން ދާނީ ހީރޯގެ ބައިންނާއި، ނުބައި ބައިންނެވެ. ރިތިކް ބޭނުންވީވެސް އެގޮތެވެ.

ރާކޭޝް ރޯޝަން ޑައިރެކްޓު ކުރާ މި ފިލްމަކީ ބޮލީވުޑްގެ ސްޕަހީރޯ ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލްމްގެ 4 ވަނަ ޕާޓުގައި ރިތިކްގެ ދެ ވާޝަނެއް ފެންނާކެމަށް ރިޕޯޓްތައް ބުނި ނަމަވެސް، މިކަމާއި ގުޅޭގޮތުން އެ ރަކޭޝް ރޯޝަން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަކޭޝް ބުނިގޮތުގައި އަނެއްކާވެސް ކްރިޝް ފިލްމެއް ލިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭނާ ބުނިގޮތުގައި އެކަަމަށް ވަގުތު ނަގާނެއެވެ. މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މީގެ ކުރިންވެސް އެއް ފިލްމެއްގައި ދެ ރޯލަކުން ރިތިކް ފެނިގެން ދިޔައެވެ. އެއީ ކަހޯނާ ޕްޔާރުހޭ ގައި އާއި ކްރިޝް ސީރީޒްގައެވެ.

ކްރިޝް ހަތަރެއް ރިލީސް ކުރާނެ ކަމަށް ބެލެެވެނީ އަންނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައެވެ. އެންމެ ފަހުން ރިތިކް ފެނިގެން ދިޔައީ ކާބިލްއިންެނެވެ.

ކްރިޝްގެ ކުރީގެ ތިން ފިލްމަށް ވެސް ވަނީ ބެލުން ތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.