ލަންކާ ފުލުހަކު ރޮހިންޖާ މުސްލިމު އަންހެނެއް ރޭޕްކޮށްލައިފި

ލަންކާގެ ފުލުހަކު މިޔަންމާގެ ރޮހިންޖާ މުސްލިމު އަންހެނެއް ރޭޕްކޮށްލައިފިއެވެ.

21 އަހަރުގެ ރޮހިންޖާ މުސްލިމު އަންހެން މީހާ ރޭޕް ކޮއްފައި ވަނީ ރޮހިންޖާ މުސްލިމުން ތިބި ހޮސްޕިޓަލެއް ކައިރި ހުރި ރެފިއުޖީ ޑިޓެންޝަން ސެންޓަރެއްގައި އުޅޭ ލަންކާ ފުލުހެކެވެ.

އެ އަންހެންމީހާ އޮތީ ކަޅުބޯވިލާ ހޮސްޕިޓަލުގައެވެ. މި އަންހެން މިހާ އަކީ ލަންކާގެ ކަނޑުގެ ސިފައިން އެޕްރީލް 30 ވަނަ ދުވަހު ސަލާމަތް ކުރި 30 ރޯހިންޖާ މުސްލިމުންގެ ތެރޭ ހިމެނޭ އަންހެނެކެވެ.

ސްރީލަންކާގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ ރޯހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ބަޔަކަށް އެ ގައުމުގެ ބުދުދީނުގެ ބަޔަކު އިއްޔެ ވަނީ އަނިޔާ ކޮށްފައެވެ.

ލަންކާގައި ތިބޭ ރޯހިންޖާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިއްބާ ސަލާމަތްކޮށް ލަންކާ ކަނޑުގެ ސިފައިން ލަންކާ އަށް ގެނެސްފައިވާ މީހުންނެވެ.

ބުދުދީނުގެ މީހުން އަނިޔާ ކުރީ މައުންޓް ލެވީނިއާގައި އދ. އިން ގާއިމްކޮށްފައިވާ ސޭފް ހައުސްއެއްގައި ތިބި ރޯހިންޖާ މީހުންނަށް މިދިޔަ އަންގާރަ ދުވަހު އެވެ.

ރާކިން ސްޓޭޓްގެ އުތުރުގައި މުސްލިމުން ދިރިއުޅެމުންދިޔަ އަވަށްތަކުގެ ތެރެއިން 40 އިންސައްތަ އަވަށް މިހާރު ހުރީ މުޅީން އެއްކޮށް ފަޅަށް ކަމަށް އދގެ ހިއުމަނިޓޭރިއަންން ވަނީ ބުނެފައެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން މިދިޔަމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަނގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންގާ މުސްލިމުންގެ އަދަދު މިހާރުވަނީ 409000 އަށް އަރާފައެވެ.