ކޮންމެ ރެއަކު އަނބިފިރިކަމުގެ ގުޅުން ހިންގަން ޖެހޭ ސަބަބުތައް

ކައިވެންޏެއް ކޮށްގެން އުޅޭ އިރު އެކަކު އަނެކަކަށް އަޅާލުމާއި އެކަކު އަނެކަކަށް ވަފާތެރި ވުމަކީ ކައިވެންޏެއް ދެމެހެއްޓުމުގެ އެންމެ މުހިއްމު އަސާސެވެ. އަދި އުފާވެރި ކައިވެންޏަކަށް އެދޭނަމަ އަނބިފިރިކަމުގެ ގުޅުން، ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ހިންގުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި ކޮންމެ ރެއަކު އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ އަނބިމީހާ ނުވަތަ ފިރިމީހާ މަތިން ފޫހި ކުރުވާ ކަމެކެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި ހަގީގީ ލޯބި ގާއިމްވެފައި އޮންނަ ނަމަ އެއީ ކަންހިގާނެ ގޮތެއް ނޫނެވެ.

ކައިވެނީގެ ގުޅުން، ނުވަތަ އަނބިފިރިކަމުގެ ގުޅުން ކޮންމެ ރެއަކު ހިންގާނަމަ ދެމަފިރިންގެ މެދުގައި އޮންނަ ލޯބި އިތުރުވެ އުފާވެރި ހަޔާތަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލައެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން ފަސް ކަމެއް ގެނެސްދޭނަމެވެ.

1. ކައިވެނި ކުރުމަށްފަހު ދަރިއެއް ލިބުމުގެ ސަބަބުން ގިނަ ފަހަރު ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހަނިވެ، ރޭ ކުރުމުގައި ހުރަސްތަކަކާ ކުރިމަތި ކުރުވައެވެ. ބައެއް އަންހެނުންނަށް މަންމަ އަކަށް ވުމުން އެމީހެއްގެ ގައިގައި ހުންނަ އަންހެންވަންތަކަން ގެއްލިފައިވާހެން އިހުސާސް ކުރުވައެވެ. ދުނިޔެއަށް ނޭވާލާ ލޯބި ލޯބި ތުއްތު ފުރާނައަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދުމުގައި ރެއާ ދުވާލު ދުއްވާލަން މައިން ޖެހެއެވެ. ފިރިމީހާއާ އެކު ވަގުތެއް ހޭދަކޮށްލަން ލިބޭނީ މަދު ފުރުސަތެކެވެ. ކޮންމެ ދުވަހެންމެ ހޭދަކުރަން ޖެހޭނީ ތުއްތު ދަރިފުޅުގެ ހެދުންތަށް ދޮވުމުގައިއާއި، ކެއްކުމާއި ދަރިފުޅަށް ކިޔަވަދިނުމުގައި އާއި ގޭތެރެ ސާފު ކުރުމުގައިމެއެވެ. މަދު ފަހަރެއްގައި ނޫނީ ފިރިމީހާއާ ބައްދާލާނެ ފުރުސަތެއްވެސް މައިންނަކަށް ނުލިބެއެވެ.

މިހުރިހާ ކަންކަމެއް މިހެން އޮތް ނަމަވެސް ކޮންމެ އަންހެނަކުވެސް އެމީހެއްގެ ފިރިމީހާގެ ބީހުންތަކަށް އެދޭނެއެވެ. ފިރިމީހާއާ އެކު ބޮސްދީ ހެދުމާއި ފިރިމީހާގެ ބީހުންތަކުން ކޮންމެ އަންހެނަކަށްވެސް އުފާ ލިއްބައިދޭނެއެވެ. ދަރިއެއް ލިބުނު ކަމުގައި ވީ ނަމަވެސް ފިރިމީހާއާއެކު ރޭ ކުރުމަކީ މުހިއްމު ކަމެކެވެ. ކައިވެނި ދެމެހެއްޓުމަކީ ހަމަ އެކަނި ފިރިމީހާގެ މަސްއޫލިއްޔަތެއްވެސް ނޫނެވެ.

2. ފިރިމީހާ ފިރިހެނެއް ގޮތަށް އަމަލު ކުރާނީ އަނބިމީހާ ފިރިމިހާއާ ދޭތެރޭ ހިތާ ގޮތަކުންނެވެ. އެހެން ކަމުން ފިރިމީހާއަކީ ފިރިހެނެއްކަން ދަނެގެން ހުރެ ފިރިމިހާއަށް އޭނާގެ ބޭނުންތައް ފުއްދަދޭށެވެ. އަންހެނުން ބޭނުންވާނީ ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުމެވެ. ނަމަވެސް ފިރިމީހާ އޭނާގެ އަންހެނުންގެ ކިބައިން ބޭނުންވާނީ އޭނާގެ ޒަރޫރީ ބެނުންތައް ފުއްދުމަށެވެ. ފިރިމީހާ ބޭނުންވާނީ އޭނާގެ އަނބިމީހާ އޭނާއަށް ގަޑިއަށް ކާންދިނުމާއި އަނބިމީހާގެ ބޭނުންތައް ފުއްދުމަށްޓަކައި އޭނާ ކުރާ މަސައްކަތަށް އަގުވަޒަން ކުރުމެވެ. އަދި އަނބިފިރިކަމުގެ ގުޅުން ހިންގުމަކީވެސް ކޮންމެ ފިރިއަކުމެ އަނބިމީހާގެ ފަރާތުން ބޭނުންވާނެ ކަމެކެވެ. ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ނަމަވެސް ފިރިމީހާ ކުރިމައްޗަށް ކުރު ހެދުމުގައި ދާށެވެ. އޭރުން ފިރިމީހާގެ ހިތް އަނބިމީހާއަށް އިތުރަށް ޖެހޭނެ އެވެ.

ފިރިމީހާގެ ޖިންސީ އެދުން އަނބިމީހާ ފުއްދައިދިނުމަކީ ފިރިމީހާއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އަދި އަނބިމީހާއަށް ފިރިިމީހާ ކުރާ އިތުބާރާއި ކުރާ އިހުތިރާމްވެސް މިކަމުގެ ސަބަބުން އިތުރުވެގެންދާނެއެވެ.

3. ކޮންމެ އަންހެނަކުވެސް ދުވަހުގެ ކޮންމެވެސް ވަގުތަކީ އޭނާގެ ފިރިމީހާއާ އެކު ހޭދަކުރާ ވަގުތަަކަށް ހެދުމަށް އެދޭނެއެވެ. އެހެން ކަމުން ދަރިން ތިބި ދެމަފިރިއެއް ނަމަ ދަރިން ނިދަން ދިއުމުން އެއޮތީ އެރެއެއްގެ އިރު އަރަންދެން ދެމަފިރިންނަށް ވަގުތެވެ. މިވަގުތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރާށެވެ. މިއީ ކޮންމެ ރެއަކުވެސް ދެމަފިރިއަކަށް ލިބޭނެ ފުރުސަތެކެވެ. އަލަށް ދިރިއުޅުމެއް ފެށި ދެމަފިރިއެއް ނަމަ އަބަދުވެސް ވަގުތު އެބައޮތެވެ. އަނބިފިރިކަމުގެ ގުޅުން ގިނައިން ހިންގުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ ދެމަފިރިންގެ ދެމެދުގައި އޮންނަ އެކުވެރިކަން ބަދަހިވާކަމެކެވެ.

4. ޖިންސީ ގުޅުން ހިންގުމަކީ ސްޓްރެސް ވެފައި ހުންނަ އިރު އެކަމަށް އެންމެ ރަނގަޅު އެއް ހައްލެވެ. މިއީ އެތައް ބަޔަކު ދަންނަ އަދި ސްޓްރެސް ފިލުވުމަށް ބޭނުން ކުރަމުން އަންނަ އުކުޅެއްވެސް މެއެވެ. ދުވާލުދާ ހަތަރުދަމު ބުރަކޮށް މަސައްކަތް ކޮށްފައި ފިރިމީހާ ގެއަށް އަންނަ އިރު ހުންނާނީ ވަރަށް ބޮޑަށް ސްޓްެރެސް ވެފައެވެ. ސްޓްރެސް ފިލުވައިދިނުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

5. ދެމަފިރިން ގައިގޯޅިވެ އަނބިފިރިކަމުގެ ގުޅުން ހިންގުމަކި ދެމަފރިންގެ މެދުގައި މަޖާ ކަމަކަށް ވެދާނެއެވެ. ދެމަފިރިންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އަނބިފިރިކަމުގެ ގުޅުމަކީ މުހިއްމު ރޯލެއް އަދާ ކުރާ ކަމެކެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ތިމާ ލޯބިވާ މީހާއާ އެކު މަޖާކޮށްލަން ވަގުތު ކޮޅެއް ކޮންމެ ދުވަހަކުވެސް ހުސްކުރާށެވެ.