ރޯވެ އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން މާލެ ގެންނަނީ

މިއަދު ރޯވި ފުވައްމުަލު ބޯޓުގައި ތިބި އެންމެން މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަން ފަށައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ފ.ފިލިތެޔޮ ކައިރިން ދަތުކުރަމުންދިޔަ “ރަވާނާ” ނަމަކަށް ކިޔާ ބޯޓެއްގައެވެ.

މިއަދު ހެނދުނު އަލިފާން ރޯވިއިރު ބޯޓުގައި 17 މީހުން ތިއްބެވެ. އެއީ ހަތް ދިވެހިންނާއި، 10 ބިދޭސީންނެވެ. އޭގެ ތެރެއިން ނިޔާވެފައި ވަނީ ދިވެއްސެކެެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެގެން އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކޯސްޓްގާޑު ލޯންޗުގައި އެ މީހުން ގެނެވޭނީ މިއަދު ހަވީރު 16:10 ހާއިރު ކަމަށެވެ.

އެ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 4:45 ހާއިރުއެވެ. އަދި އެ ބޯޓުގައި އަލިފާނުގެ ހާދިސާއެއް މެދުވެރިވާން ދިމާވި ސަަބަބެއް ނޭގެއެވެ.