ޗެކް ބައުންސް މައްސަލައެއްގައި އަންހެނަކު ހޯދަން އިއުލާންކޮށްފި

ޗެކް ބައުންސް މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ޗެކް ބައުންސްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ.ކަލައިދޫ / ހުޅަގުގެ, މަރްޔަމް ޝަމޫނާ (29އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަރްޔަމް ޝަމޫނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ފުލުހުން ވިދާޅުވެފައި ވެއެވެ.