އަށް ރަށެއްގެ މަގުތައް ހަދާނެ ފަރާތްތައް ހޯދަން ބީލަމަށް ހުޅުވާލައިފި

ލ. ފޮނަދޫގެ އެތެރޭ މަގުތައް ހަދާދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ބީލަމަށް ހުޅުވާލާފައިވަނީ ކަނޑައެޅޭ އަށް ރަށެއްގެ ބޮޑެތި މަގުތައް ހެދުމަށެވެ.

ފިނޭންސް އިން ހާމަކޮށްފައިވާ ގޮތުގައި، ބީލަމަށް ހުޅުވާލާފައިވަނީ، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ރ. ދުވާފަރު، ތ. މަޑިފުށިގެ އިތުރުން ސ. ހުޅުދޫ އަދި ލ. ފޮނަދޫއާއި ޏ. ފުވައްމުލަކުގެ މަގުތައް ހެދުމަށެވެ.

މަގުތައް ހެދުމަށް ކޮށްފައިވާ ބީލަމުގައި ވާގޮތުން މަގުތައް ހެދުމަށް މަޝްރޫޢުގެ ބިޑް ސެކިއުރިޓީ އަދަދަކީ 150،000  ދިވެހި ރުފިޔާއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައިވެސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި މަގުތައް ހަދާފައިވެއެވެ. ހާއްސަކޮށް ލ. ގަން ފޮނަދޫ ސަރަހައްދުގެ 17 ކިލޯ މީޓަރު ބޮޑު މަގަކީ ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދީފައިވާ ތަރައްގީއެވެ. ފޮނަދޫގެ އެތެރޭގެ މަގުތައްވެސް ޔާމީން ސަރުކާރުގައި ހަދަން ފެށި ނަމަވެސް، އެ މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ.