ކޮންމެ މުވައްޒަފަކަށް ބައިލައްކައެއްހާ ރުފިޔާ ސާވިސް ޗާޖުގެ ގޮތުގައި

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެ ރިސޯޓުގެ ޖެނުއަރީ މަހުގެ ސާވިސް ޗާޖްގެ ގޮތުގައި 46،507 ރުފިޔާ ބަހައިފިއެވެ. ރިސޯޓްތަކުގެ ސާވިސް ޗާޖް ހާމަކުރާ ވެބުސައިޓް މޯލްޑިވްސް ސާރވިސް ޗާޖް ވެބުސައިޓުން ހާމަކުރާ ގޮތުގައި މިޖެނުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ ރިސޯޓުންނެވެ. ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ރަންދެލި ރިސޯޓުންނެވެ. ފާއިތުވީ 2018 ވަނަ އަހަރު އެވުރެޖްކޮށް އެންމެބޮޑު ސާވިސް ޗާޖެއް ދީފައިވާ ރަންދެލި ރިސޯޓުން  ޖެނުއަރީ މަހު ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ 2،577 ޑޮލަރެވެ. ފާއިތުވީ 2018 ވަނަ އަހަރު އެވްރެޖްކޮށް މަހަކު 1343 ޑޮލަރު ދީފައިވާއިރު ވެލާ ރިސޯޓުން ސާވިސް ޗާޖްގެ ގޮތުގައި މަހަކަށް ދީފައިވަނީ 1101 ޑޮލަރެވެ.

ޖުމްލަ ސޯޅަ ރިސޯޓަކުން 1000 ޑޮލަރަށްވުރެ މަތިން ޖެނުއަރީ މަހު ސާވިސްޗާޖް ދީފައިވީ ނަމަވެސް 200 ޑޮލަރު ސާވިސް ޗާޖްގެ ގޮތުގައި ހަމަނުވާ ރިސޯޓްތައްވެސް ރިޕޯޓްކޮށްފައިވެއެވެ. ފާއިތުވީ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާ އަދަދުވަނީ ބޮޑުތަން އިތުރުވެފައެވެ.