އެޓްލާންޓިކް ކަނޑުގެ އަޑިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އެޓްލާންޓިކް ކަނޑުގެ އަޑިޔަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ އެޓްލާންޓްކް ކަނޑުގެ އަޑިން ގިނަ ޢަދަދެއްގެ ފަރުބަދަތަކެއް ހިމެނޭ ސަރަޙައްދަކަށް މެގްނިޓިއުޑް މިންގަނޑުން 5.0 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސެންޓަރުން ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައިނުވާއިރު، ބިންހެލުމުގެ އަސަރު، މީހުން ދިރިއުޅޭ ސަރަޙައްދަކަށް ކޮށްފައިވާކަމެއް ނޭނގެއެވެ.

މި ބިންހެލުން އައިސްފައި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ގިނައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.