ކަރީނާ ކަޕޫރް އާއި ކައިވެނި ކޮށްފާނަން – ކަރަން

ކަރަން ޖޯހަރްއަކީ މަޝްހޫރު ފިލްމް އުފައްދާ އެއް ފަންނާނެއެވެ. އޭނާ ފިލްމީ ދާއިރާގައި ނުކުރާ ކަމެއް ނެތެވެ. އެތައް އެވޯޑެއް ހާސިލްކޮށްފިއެވެ.

އަމިއްލަ ދިރިއުޅުމަށް ބަލާއިރު، އޭނާ ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާއަކީ އެއްމާބަނޑު ދެ ކުދިންގެ ބައްޕައެކެވެ. އޭނާ ކައިވެންޏެއް ނުކުރާތީ ގިނަ ބަޔަކު އެކަމާއި ގުޅިގެން އޭނާއާ ސުވާލުވެސް ކުރެއެވެ. އެހެން ނަމަވެސް އޭނަ ބަތަލަ އެކްތާ ކަޕޫރް އާއި ކައިވެނި ކުރުމަށް ވަރަަށް ތަައްޔާރުވިކަމަށް ވެއެވެ.

ދާދި ފަހުން ކަރަން ވަނީ އަނައިތާ ޝްރޮފް އަންޑާޖާނީ ޝޯވގެ ތެރެއިން އޭނާގެ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުން ކަރަން ވަނީ އޭނާ ކަރީނާ ކަޕޫރް އާއި ކައިވެންޏެއް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ ޝޯވގެ ތެރެއިން ކަރަން އާއި ކުރި ސުވާލަކަށް ޖަވާބުދެމުުން ބުނީ، ބޮލީވުޑްގެ ތަރިއަކާއި ކައިވެނި ކުރާނަމަ ކަރީނާ ކަޕޫރްއަކީ އެކަކު ކަމަށް ބުނެފައެވެ.

“ކަރީނާ ވަރަށް ރީތި، އަދި ވަރަށް މަޖާ. އަދި ވަރަށް އެންޓަޓައިނިންގ. އޭނާގެ ގައިގާ އަހަރެން ހިޔާރު ކުރާ ބައިވެރިއެއްގެ ގައިގާ ހުންނަން ބޭނުންވާ ހުރިހާ ސިފައެއް އެބަހުރި” ކަރަން ބުންޏެެވެ.

އަދި ކަރަން ބުނީ، އޭނާއަކީ އެއްވެސް ވަރަކަށް މީހުންނާއި ޑޭޓް ކުރަން ޝައުގުވެރިކަން ހުންނަ މީހެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން އޭނާ ވަނީ ރަންބީރް ކަޕޫރް އާއި އޭނާއާ އޮންނަ ގާތް ގުޅުމުގެ ވާހަކަދައްކާފައެވެ. އެ ޝޯވގެ ތެެރެއިން ކަަރަން އާ ކުރި ސުވާލެއްގައި، ކަރަންގެ ބަޔޮޕިކްއެއް ހަދާނަމަ އޭގެ ލީޑް ރޯލް ދޭނީ ކާކަށްތޯ ކުރި ސުވާލަށް ޖަވާބުދެމުން ރަންބީރް އާއި އޭނާގެ ގާތް ގުޅުމުގެ ވާހަކަ ހިއްސާކުރިއިރު، އޭނާ ބުނީ، އެ ބައި ކުޅުމަށް އެންމެ ރަނގަޅުވާނީ ރަންބީރް ކަމަށެވެ.

“ރަންބީރް ކަޕޫރް އަހަރެންގެ ދިރިއުޅުމަށް ވަރަށް އޮބްސެސްޑްވާނެ. އަހަރެންގެ ފޯނުގެ ޕާސްވޯޑްވެސް ރަންބީރްއަށް އިނގޭނެ. އަހަންނަށްވުރެ އަހަރެންގެ ދިރިއުޅުން އޭނާއަށް އިނގޭނެ”. ކަރަން ބުންޏެވެ.

މިހާރު ކަރަންއަށް 46 އަހަރު ފުރިއްޖެއެވެ.