ފަރެސްމާތޮޑާގައި ރައީސް ޔާމީން ފެއްޓެވި އެއާޕޯޓް މަޝްރޫޢު ހުއްޓާނުލާ ކުރިއަށް ގެންދާނަން – އިބޫ

ގދ. ފަރެސްމާތޮޑާގައި ރައީސް ޔާމިން ގެ ސަރުކާރުން ފަށްޓަވާފައިވާ އެއާޕޯޓް މަޝްރޫރު އިދުކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ހުއްޓާނުލާ ކުރިޔަށް ގެންދަވާނެކަމަށް އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް ގއ. އަދި ގދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުގައި ގދ. ފަރެސްމާތޮޑާގައި ތިއްބެވި އިއްތިހާދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއު ހުއްޓާނުލާ ކުރިޔަށްގެންދަވާނެ ކަމަށެވެ.

“އިދިކޮޅު ވެރިކަމެއްގައި އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް، ވަރަށް އަވަހަށް އެއާޕޯޓުގެ ހިދުމަތް ލިބޭނެ ގޮތް ހައްދަވައި ދެއްވާނަން” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓު ނިންމާފައި ނޫނީ 2018 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ހޯދަން ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެ ވައުދު ފުރިހަމަ ނުވާ ކަމަށާއި، މިހާރު ފެންނަމުންދަނީ ވޯޓާ އެކީގައި އެތަނަށް ކޮންނަ ބޯޓެއް ގެނެސް، މަސައްކަތް ފަށައިގެން ކުރި އަށް ދާ ތަން ކަމަށް އިބޫ ވިދާޅުވިއެވެ.

ފަރެސްމާތޮޑާގައި ތިބި އިއްތިހާދުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިބޫ ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރެއްގެ ބޭނުމަކީ ރަތްޔިތުންނަށް އާސާސީ ބޭނުންތަށް ފޯރުކޮށްދީ އާއިލާއާއެކު ދިރިއުޅެވޭނެ ގޮތްތަށް ހޯދައިދިނުން ކަމަށެވެ.

“އަޅުގަނޑުމެންގެ ސަރުކާރެއްގައި ފޭދިގެންދާ ލާރި މަދުކޮށް ކޮރަޕްޝަނާ ވައްކަމަށް އޮތް މަގުތަށް ބަންދުކޮށް ރަތްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވިގެންދާނެ” އިބޫ ވިދާޅުވިއެވެ.

އިބޫގެ ވާހަކަ ތަކުން ކުރު ހުލާސާއެއް

– ފަރެސްމާތޮޑާގެ ސްކޫލް ޒަމާނީ  ފެންވަރަށް ބަދަލުކުރާނަން.

– އެއާޕޯޓް މަޝްރޫއު ހުއްޓާނުލާކުރިޔަށް ގެންދާނަން.

– ބާނާ މަހަށް ވަގުތުން އަގު ލިބޭނެ ގޮތް ހަދައިދޭނަން.

– މަސްވެރިންނަށް ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ

ފަރެސް މާތޮޑާގެ އެއާޕޯޓް އެޅުމުގެ އަމަލީ މަސަތްކަތް ފެށިފައިވަނީ މިދިޔަ ޖޫން މަހުއެވެ. އެއާޕޯޓު އަޅާ ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބިން ހިއްކުމުގެ މަސައްކަތެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް އިބޫ ކުރައްވަމުންދާ ދަތުރުގައި މިރޭ ގދ. ތިނަދޫގައި ވަނީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައެވެ.