އިބޫގެ ރަނިންމޭޓް މި މަހުގެ 10 ވަނަ ދުވަހު އިއުލާނު ކުރާނަން – ޖޭޕީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ހުށައަޅާ ރަނިންމޭޓް މި މަހު ދިހައެއްގެ ކުރިން އިއުލާން ކުރާނެކަމަށް ޖޭޕީއިން ބުނެފިއެވެ.

ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި ގޮތުގައި އެޕާޓީ އަށް ލިބިފައިވާ ޓައިމް ފުރޭމް ތެރޭން އެޕާޓީގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި އެޕާޓީ ދައްކާ ރަނިންމޭޓް ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ އިއުލާން ކުރެވިގެން ދާނެކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނިންމުން  އެ ޕާޓީގެ ގާބިލުކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކަށް ޖޭޕީގެ ނިންމުންތައް ނިންމަން ވީ ގޮތް ބުނެދޭން ނޭގޭނެ ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ވަނީ އެޕާޓީގެ 203 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.

203 މަގާމުތަކުގެ ތެރެއިން ކޮމެޓީތަކުގެ މަގާމުތަކުގެ ތެރޭގައި:
ކޮމެޓީ އޮފް ފޮރިންއެފެއާސް،
ކޮމެޓީ އޮފް ޑިފެންސް،
ކޮމެޓީ އޮފް ޓުއަރިޒަމް،
ކޮމެޓީ އޮފް ފައިނޭސް،
ކޮމެޓީ އޮފް ހައުސިން އެންޑް އިންފުރާސްސުޓުރަކްޗާ،
ކޮމެޓީ އޮފް އިސްލާމިކް އެފެއާޒް،
ކޮމެޓީ އޮފް އެޑިއުކޭޝަން،
ކޮމެޓީ އޮފް ހެލްތް،
ކޮމެޓީ އޮފް ޖެންޑާ،
ކޮމެޓީ އޮފް ސޯސަލް ސެކިއުރިޓީ،
ކޮމެޓީ އޮފް ޔޫތް އެންޑް ސުޕޯޓް،
ކޮމެޓީ އޮފް ޓުރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން،
ކޮމެޓީ އޮފ ފިޝަރީސް،
ކޮމެޓީ އޮފް ހިއުމަން ރިސޯސަސް އެންޑް ލޭބާ،
ކޮމެޓީ އޮފް އެންވައިރަމަންޓް އެންޑް އެނާޖީ،
ސިވިލް ކޮމެޓީ،

މިމަގާމުތަކަށްކުރިމަތިލުމުގެ ފުރުސަތު ދިހަ ދުވަހުގެ މުހުލަތެއް ދެވިފައިވނެކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.