މީރާ ބުނަނީ އެންމެންވެސް މީހުންގެ ވާހަކަ ދައްކާނެ ކަމަށް

މެއި މަހު އައިސްޓީވީން ދައްކަން ފަށާފައިވާ އާ ޝޯވތަކުގެ ތެރެއިން މިދިޔަ ބުދަ ދުވަހުގެރޭ މީހުންގެ ވާހަކައިގެ އެޕިސޯޑްގެ ގެސްޓެއްގެ ގޮތުގައި ފެނިގެން ދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުއެވެ.

މީރާ ވަނީ މި ޕްރޮގްރާމްގައި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މިހާރުގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ ޖުމާހްގެ ވާހަކައިގެ އިތުރުން، މިހާރު ފިލްމީ ދާއިރާގައި އެންމެ ވިދަމުން އަންނަ ބަތަލާ މަރިޔަމް އައްޒަގެ ވާހަކަވެސް ދައްކާފައެވެ.

މީރާ ވަނީ އައްޒައަކީ ވަަރަށް މޮޅު އެކްޓްރެސްއެއްކަމަށާއި، އަދި އޭނާ އައްޒަގެ އެކްޓިންގއަށް ޕާސަނަލީ ތައުރީފްކޮށްފައިވާނެކަމަށް މީރާ ވަނީ ބުނެފައެވެ. އަދި މި ދެ ފަންނާނުންގެ ދެމެދުގައި މިހާރު އެއްވެސް މައްސަލައެއް ނެތްކަމަށް މީރާ ވަނީ ބުނެފައެވެ.

މި ދެ ފަންނާނުންގެ އިތުރުން، ލަވަކިޔުމުގެ ދާއިރާގައި ގިނަބައެއްގެ ލޯބި ހޯދާފައިވާ ޝައްމޫން،، ރިޒޫ އަދި ލަމް އާއި ބެހޭގޮތުންވެސް މީރާ ވަނީ މި ޕްރޮގްރާމް ތެރެއިން ވާހަކަދައްކާފައެވެ.

މީގެ އިތުރުން ޝޯވގެ ތެރެއިން މީރާ ވަނީ ފަލަވެގެން މީހުން ކިޔާ އެއްޗެއްސާއި ގުޅޭގޮތުން އޭނާ ދެކޭގޮތް ޝޯވގެ ހޯސްޓާއި ހިއްސާކޮށްފައެވެ.

ޝޯވއާއި ގުޅޭގޮތުން މީރާ ބުނީ، އެ ޝޯވ އޭނާއަށް ވަަރަށް ބޮޑަށް ކަމުދާ ކަމަށެވެ. އެގޮތުން ޝޯވގެ ހޯސްޓް ޝަހޫ، ހޯސްޓް ކުރާ ގޮތާއި، ޝޯވގެ ކޮންސެޕްޓްވެސް އޭނާއަށް ވަރަށް ކަމުދިޔަކަމަށް މީރާ ވަނީ ބުނެފައެވެ.

“މިއީ ޝޯވއަކާއި ބަލާފައި ވަރަށް ސިމްޕަލް އަދި ވަރަށް ކްރިއޭޓީވް އަދި މަޖާ އައިޑީޔާތައް ހިމެނޭ ޝޯވއެއް، އަދި އާޓިސްޓް ބޭނުން ގޮތަކަށް ވާހަކަދައްކާލަން ވަރަށް ބޮޑަށް ޝޯވގެ ތެރެއިން ފަހިވެގެން ދިޔަ”. މީރާ ބުންޏެވެ.

މިރޭ 11:00 ޖަހާއިރު އައިސް ޓީވީ އިން މި ޝޯވގެ ރިޕީޓް ދައްކާނެއެވެ. އަދި މި ހަފްތާގައި އައިސް ޓީވީން ގެނެސްދިން ގިނަ ޝޯވތަކެއްގެ ރިޕީޓް މިރޭ ދައްކާނެއެވެ. އެގޮތުން ބިޓުވީން ލައިންސްގެ ރިޕީޓް ޝޯވއެއްގެ މިރޭ 20:30 ގައި ދައްކާއިރު، 90ސް ޝޯވގެ ރިޕީޓް މިރޭ 10:00 ޖަހާއިރު ދައްކާނެއެވެ. އަދި މީހުންގެ ވާހަކައަށްފަހު މިރޭ 12:00 ޖަހާއިރު ލޯބިން ޝޯވގެ ޒަކިއްޓެ އާއި ޝަމްވީލްގެ ޝޯވގެ ރިޕީޓް ދައްކާއިރު، މިރޭ 1:00 ގައި ދައްކާނީ ނުޒޫއާއެކު ގެނެސްދިން ޕްލޭ ލިސްޓެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *