ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި!

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް، މާލެގަން. ގަލްގެ، އަލްޠާފް އަޙްމަދު (36އ) އާއި ޏ.ފުވައްމުލައް، ފުނާޑު. ހަނޑްރެޑްޕްލަސް، ޝަމްލާ އިބްރާހީމް (40އ) އަދި ޏ.ފުވައްމުލައް، ދޫޑިގަން. ޗަބޭލީމާގެ، އަޙްމަދު ޢަބްދުﷲ (48އ) އެވެ.

ނަމަވެސް މި މީހުން ހޯދަމުންދަނީ ކޮންމެ މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *