ނިޕާ ވައިރަސް އިން ސަލާމަތްވުމަށް ކުރެވޭނީ ކޮންކަމެއް؟

ނިޕާ ވައިރަހަކީ ޒޫނޮޓިކް ޕެތަޖެން އެކެވެ. މީގެ މާނައަކީ މިއީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އަރާފައިވާ ވައިރަސް އެކެވެ. ފުރަތަމަ ފަހަރަށް މިވައިރަސް ފެނިފައިވަނީ 1998 ވަނަ އަހަރު ސިންގަޕޫރުންނެވެ. އެފަހަރު އިންސާނުންނަށް މިބަލި އަރާފައިވަނީ އޫރުގެ ސަބަބުންނެވެ. މިބަލި ފަތުރާ ޖަނަވާރަކީ ޓެރޯޕަސް އާއިލާގެ ވާ އެވެ. މިއީ އިންސާނުންގެ އިތުރުން ބައެއް ޖަނަވާރުންނަށްވެސް ޖެހޭ ވައިރަސް އެކެވެ،

މިބަލި ފެތުރެނީ ކިހިނެތް؟

މިބަލި ޖެހިފައިވާ މީހެއްގެ ދަލާއި ކުޅު އަދި ކުޑަކަމުދާ ތަކެތި އެހެން މީހެއްގެ ގައިގައި ހޭކިއްޖެނަމަ މިބަލި ފެތުރޭނެއެވެ. މީގެ އިތުރުން މިވައިރެސްއަށް އިންފެކްޓް ވެފައިހުރި ވާލެއް ކައިފައިވާ މޭވާއެއް ނުވަތަ އެނޫންވެސް ކާ އެއްޗެއް ނުވަތަ ވާާ ގެ ކުޑަކަމުދާ ތަކެތި އުގުޅިފައިވާ އެއްޗެއް ކައިފިނަމަވެސް މިބަލި ޖެހޭނެއެވެ. މީގެ އިތުރުން މިބަލި ޖެހިފައިވާ ޖަނަވާރެއް ރަނގަޅަށް ނުކައްކާ ކައިފިނަމަވެސް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން މިބަލި ޖެހިފައިވާ ވާ އުޅޭ ރުކެއްގައި އަޅާ މޭވާ ނުވަތަ ރުކު ރާއިންވެސް މިބަލި ޖެހޭނެއެވެ.

ބަލިޖެހުމުން ދެންވާނީ ކިހިނެތް؟

ނިޕާ ބަލި ޖެހުމުން ބައެއް މީހުންނަށް އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައި ދާނެ އެވެ. މިބަލީގެ އަލާމާތްތަކުގައި ހުންއައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލެވުމާއި އަދި ކަރުތެރެ ހަލާކުވުން ވެސް ހިމެނެއެވެ. މިބަލި ޖެހި ގިނަ ދުވަސް ވާރަކަށް ނޭވާ ލާ ނިޒާމަށް އުދަގޫތަކެއް ކުރިމަތިވެ، ނޭވާލާނިޒާމުގެ ބަލިތައް ޖެހެއެވެ. ދި ނިއުމޯނިޔާ ފަދަ ނޭވާލާނިޒާމަށް ޖެހޭ ބަލިތައް ޖެހޭނެއެވެ.

މިބަލީގެ ދެން އަންނަ ސުޓޭޖްގައި ސިކުޑީގެ ޓިޝޫތައް ބަލިކަށިވެ، ބައެއް ޓިޝޫތައް އިންފުލޭތްވެ، ބޯއެބުރުމާއި ހޭނެތުންފަދަ އަލާމާތްތައް ކުރިމަތިވެއެވެ. އަދި ބައެއް ފަހަރު މިބަލި ޖެހުމުގެ 48 ގަޑިއިރު ތެރޭގައި ސިކުނޑި ދުޅަވެ، މީހާ ކޯމާއާށް ދެއެވެ.

ނިޕާ ވައިރަސް އިން ސަލާމަތްވުމަށް ކުރެވޭނީ ކޮންކަމެއް؟

ވާ ކައިފައިވާ މޭވާ ނުކެއުން
ރަނގަޅަށް ރޯފިލުވައިގެން ޖަނަވާރުގެ މަސް ކެއުން
ބަލި ޖެހިފައިވާާ މީހުން ކައިރިއަށް ނުދިއުން
މޭވާ އާއި ތަރުކާރީ ކެޔުމުގެ ކުރިން ރަނގަޅަށް ދޮވުން

ނިޕާ ބަލީގެ ފަރުވާ އަކީ ކޮބާ؟

ނިޕާ ބައްޔަކީ އެބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށް ވެކްސިންއެއް އަދި ބޭހެއް ވެސް ތައްޔާރު ކުރެވިފައެއް ނުވެއެވެ.