އެޕަލްއިން އައިފޯނު 8 އާއި +8 ގެ އާކުލައެއް ބާޒާރަށް ނެރެފި

ދުނިޔޭގެ ނަން މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އައިފޯނު 8 އާއި +8 ގެ ރަތް ކުލައިގެ ފޯނުތަކެއް ބާޒާރަށް ނެރެފިއެވެ.

އެޕަލް ކުންފުނިންގ މައުލޫމާތު ދޭ ގޮތުގައި މިފަހަރު މި ނެރުނު އެޑިޝަން އަކީ އެއިޑްސްއާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ، ރެޑްއާ ގުޅިގެން އެޕަލްއިން ނެރުނު ރަތްކުލައިގެ ފޯނުތަކެވެ.

އަދި އައިފޯން 8 އަދި +8 ރެޑް އެޑިޝަން ފޯނުތަށް މިއަދުން ފެށިގެން ބާޒާރުން ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިންގ ބުނެއެވެ.

މި ފޯނުތަށް ކުރީގެ މޮޑެލްތަކާ ކުލައިގެ ގޮތުން ތަފާތުވި ކަމުގައި ވީނަމަވެސް ހާޑުވެއާ އަދި ސޮފްޓްވެއާގެ ގޮތުން މި ފޯނުތަކާ ކުރީގެ 8 އަދި +8 ގެ މޮޑެލްތަކާ އެއްވެސް ތަފާތެއް ނުހުންނާނެވެ.

މިދިޔަ އަހަރު ވެސް ޕްރޮޑަކްޓް ރެޑް އެޑިޝަން 7 އާއި +7 ގެ ފޯނުތަކެއް ބާޒާރަށް ނެރެފައިވާ އެޕަލްއިން މިފަހަރު ޕްރޮޑަކްޓް ރެޑް އައިފޯނު 10 ތައާރަފްކޮށްފައެއް ނުވެއެވެ.

އެޕަލް ކުންފުނިންގ މައުލޫމާތު ދޭ ގޮތުގައި ޕްރޮޑަކްޓް ރެޑްގެ ކޮންމެ އުފެއްއުފެއްދުމެއް ވިއްކައިން ލިބޭ ފައިދާއިން ބައެއް، ދުނިޔެއިން އެއިޑްސް ބަލި ފޮހެލުމަށް މަސައްކަތް ކުރާ ރެޑް ޖަމިއްޔާއަށް އެހީވުމުގެ ގޮތުން އެކުންފުނިން ހަދިޔާ ކުރެއެވެ.