ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފި

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ސްރީލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި 2.39 ކިލޯގެ މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 24.4 މިލިއަން ރުޕީސަށް އަރާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައި ނުވާއިރު އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު ދާދިފަހުން ގިނަ އަދަދެއްގެ ޕާޓީ ޑްރަގަކާ އެކު ވެސް ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ.