އިޝާ ޑިއޯލް އަށް އަންހެން ދަރިއަކު ލިބިއްޖެ

ބޮލީވުޑް ބަތަލާ އިޝާ ޑިއޯލް އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އިޝާ ޑިއޯލް އަދި ބާރަތު ތަކްތާނީގެ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވާއިރު މިއީ ބޮލީވުޑް ވެޓެރަން ބަތަލާ ހެމާ މާލިނީ އަށް ލިބުނު ދެވަނަ މާމަ ދަރި އެވެ.

އިޝާ ޑިއޯލް އަށް އަންހެން ދަރިއަކު ލިބިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގަ އެވެ. ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ދެމައިންގެ ހާލު ރަނގަޅު ކަމަށް އިޝާގެ އާއިލާއިން ވަނީ ހާމަކޮށްފަ އެވެ.

އިޝާ ޑިއޯލް ކައިވެނިކޮށްގެން އުޅެނީ ވިޔަފާރިވެރިއެއް ކަމުގައިޥާ ބާރަތު ތަކްތާނީއާއި އެވެ. މިދެމީހުން ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގަ އެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *