ބުޅާ ކޯޅޭހެން ކޯޅޭ ކަމަށްބުނުމުން ސޯނަމް ކަޕޫރު ރުޅިގަދަ ވެއްޖެ

މިހާރު ޝޫޓިން ކުރިއަށްދާ ފިލްމެއް ކަމުގައިވާ “ވީރޭ ދީ ވެޑިންގް”ގެ ހަތަރު އަންހެން ތަރިން ބުޅާ ތަކެއް ކޯޅޭހެން ކޯޅޭތީވެ އެ ފިލްމު ކުރިއަށް ނުގެންދެވިގެން އުޅޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން އެ ފިލްމުގެ އެއް ބަތަލާ ސޯނަމް ކަޕޫރު ރުޅިގަދަވެ އެކަމަށް ރައްދު ދީފި އެވެ.

ޓްވިޓާގައި ރައްދު ދެމުން ބުނެފައިވަނީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ވެބްސައިޓު ތަކުން ފަތުރަނީ އެ ވެބްސައިޓުތަކުގެ ކަންނެތް ކަމުން ކަމަށެވެ. ހަގީގަތް ހޯދަން ނުކެރޭތީ ކަމަށެވެ.

އޭނާ ބުނެފައިވަނީ ހަތަރު ތަރީންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ނެތް ކަމަށާއި ފުރިހަމަ ފިލްމެއް ފެނިގެންދާނެ ކަމަށެވެ. އަދި އެ ދުވަހަކުން، ދޮގު ހަބަރު ފަތުރާ ފަރާތްތަކުން ކޮސްވާނެ ކަމަށެވެ.

ވީރޭ ދި ވެޑިންގްގައި ލީޑްރޯލް ކުޅޭ އަންހެން ތަރިންނަކީ ސޯނަމް ކަޕޫރާއި ކަރީނާ ކަޕޫރުގެ އިތުރުން ސްވާރާ ބާސްކަރު އަދި ސިކާ ތަލްސާނިއާ އެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މި ހަތަރު ތަރީންގެ ކޯޅުމާއިހެދު ފިލްމު ޝޫޓިން ކުރިއަށް ގެންދެވޭ ވަރެއް ނުވެ އެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *