ދިވާލީ ފާހަގަ ކުރަން ދިއްލީގައި ބަޑިބޭސް ބޭނުންކުރުން މަނާކޮށްްފި

އިންޑިއާގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދިވާލީގައި، މިއަހަރު ބަޑިބޭސް ބޭނުންކުރުން އެގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފިއެވެ.

ކޯޓުން ދިވާލީގައި ބަޑިބޭސް މަނާކޮށްފައި މިވަނީ މިދިޔަ އަހަރުގެ ދިވާލީގައި ބޭނުންކުރި ބަޑީބޭހުގެ ސަބަބުން އާދަޔާ ހިލާފަށް ވައި ތަގައްޔަރުވުުންނެވެ. އެފަހަރު ވަނީ ޕީއެމް2.5 ޕާޓިކަލްސް ވަނީ ހުންނަންޖެހޭ ވަރަށްވުރެ 16 ގުނަ މައްޗަށްގޮސްފައެވެ. ސުޕްރީމްކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެ ފަހަރަކު ނަމަވެސް ބަޑިބޭހާއި ނުލާ ދިވާލީފާހަގަ ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިންޑިޔާގެ ރައްޔިތުން ދަނީ މި އަމުރަށް އެކި ގޮތް ގޮތުން ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނަމުން ގެންދަނީ މި އަމުރަކީ އިންޑިޔާގެ ސަގާފަތަށް ކުރި މަލާމާތެއް ކަމަށެވެ. އަދި އަނެއްބައިމީހުން ބުނަނީ ސިއްހަތަށް ބަލައި ބަޑިބޭސް ދޫކޮށްލުން ބުއްދިވެރިކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *