ފުވައްމުލަކުގައި ލެވެލް 1 ގެ ކްރިކެޓް އަމްޕަޔަރުން ތަމްރީނު ކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެ ފުވައްމުލަކުގައި އަމްޕަޔަރުން ތަމްރީނުކުރުމުގެ ކޯހެއް ކުރިޔަށް ގެންގޮސްފިއެވެ. މިޕްރޮގުރާމުގައި ބައިވެރިކޮށްފައި ވަނީ ފުވައްމުލަކުގެ ކްރިކެޓްގެ އެކި ލެވެލްގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ކަމަށް ކްރިކެޓް ފުވައްމުލައް އިން ހާމަކުރެއެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު ފަހުކޮޅު ކުރިޔަށް ގެންދެވުނު މި ކޯހުގެ ބައިވެރިންނަށް ކްރިކެޓް ގެ ގަވާއިދުތަކާއި އުސުލުތައް ދަސްކޮށްދެވިފައި ވެއެވެ. މި ކޯހުގަިއ ކިޔަވައްދެއްވީ ރާއްޖެއިން ބޭރުގެ އޮފިޝަލެއް ކަމުގައިވާ މިސްޓަރ އެމްވީ ކުމާރު އާއި ކްރިކެޓް ބޯށް އޮފް މޯލްޑިވްސްގެ އިސް އޮފިޝަލެއް ކަމުގައިވާ އިމާދު އިސްމާއީލެވެ. މިކޯހުގައި ޖުމްލަ 16 ބައިވެރިން  ކިޔަވާފައި ވެއެވެ. އޭގެ ތެރޭގައި އަންހެން 7 އަންހެން ބައިވެރިން ވެސް ހިމެނެއެވެ.

މިކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ވަނީ ލެވެލް 1 ގެ ސަނަދު ދީފައެވެ. މިސަނަދު ހާސިލުކުރި ފަރާތްތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ބޭއްވޭ ކްރިކެޓް މުބާރާތް ތަކުގެ ކޯޗުކަމާއި މެޗުތަކުގައި އަމްޕެޔަރުކަން ކުރެވޭނެ ފަރާތްތަކެއް ކަމަށް ވެއެވެ. ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސަނަދު ހަވާލުކޮށް ދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރު ހަމަދު އަބްދުﷲ އެވެ.

ނޯޓް : މިއީ މިކަލް ނިއުސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *