ފޭސްބުކް އަށް ވަންނަން ޕާސްވޯޑް ޖެހުން ނިމެނީ، ދެން ބޭނުން ވާނީ މޫނު

ފޭޝިއަލް ރިކޮގްނިޝަން މެދުވެރިކޮށް ފޭސްބުކަށް ލޮގިން ވާގޮތް ހަދަން ޓެސްޓް ބުރެއް ކުރިއަށް އެބަ ގެންދެއެވެ.

މަޝްހޫރު ސޯސަލް ނެޓްވޯކް ފޭސްބުކުން މި ފީޗާ ބޭނުން ކޮށްގެން ފޭސްބުކް އެކައުންޓަށް ލޮގިން ވުމަށް ބޭނުން ވާނީ ލޮގިން ވާ މީހާގެ މޫނެވެ. މޫނު ސްކޭން ކުރުމުން އެމީހާގެ އެކައުންޓް ގައި ހުންނަ ފޮޓޯ އާއި މެޗް ވުމުން އެކައުންޓައް ވަދެވޭނެވެ.

މި ފީޗާ ބޭނުން ކޮށްގެން ލޮކް ވެފައި ހުންނަ އެކައުންޑް ތަކަށް ވެސް އެކްސެސް ކުރެވޭނެއެވެ. ފޭސް ބުކުން ދަނީ މިހާރު މި ފީޗާ ޓެސްޓް ކުރުމުގެ ގޮތުން ފޭސްބުކް ބޭނުން ކުރާ މަދު ބައެއްގެ މެދުގައި ދައުރު ކުރަމުންވެ.

އަބަދުވެސް އާ ކަންކަން ތައާރަފްކޮށް މިދިޔަ އަހަރު އެކަނި ފޭސްބުކުން ހަމަ މުޅިން އަލަށް 10 ފީޗާ ތައާރަފްކުރި އެވެ. ފޭސްބުކް ލައިވް މީގެ ތެެރޭގައި ހިމެނެ އެވެ. މިހާރު އެ ފީޗާ ބޭނުންކުރާ މީހުން ދުވަހުން ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ ދެބިލިއަން މީހުން ފޭސްބުކް ބޭނުންކުރެ އެވެ. އޭގެތެރެއިން، 750 މިލިއަން މީހުން ދުވާލަކު އެއްފަހަރު ފޭސްބުކް ބޭނުންކުރާއިރު، ފޭސްބުކަށް “ދެވިހިފާފައިވާ” 270 މިލިއަން މީހުން 24 ގަޑިއިރު ތެރޭ މަދުވެގެން ފަސް ފަހަރު ފޭސްބުކަށް ޒިޔާރަތްކުރެ އެވެ.

ފޭސްބުކްގެ ފްރެންޑްޝިޕްގެ ޢަދަދު 150 ބިލިއަނަށް އަރައެވެ. ފޭސްބުކާމެދު ހެދިފައިވާ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި، ފޭސްބުކް ބޭނުންކުރާ އާބާދީގެ 53 އިންސައްތައަކީ އަންހެނުންނެވެ. ފިރިހެނުންގެ އިންސައްތައަކީ 47 އެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *