އައިފޯން 8 ޕްލަސް ފަޅައިގެންދާ މައްސަލައެއް ފެންމަތިވެއްޖެ

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން ސީރީޒްގެ ތެރެއިން އައިފޯން 8 ޕްލަސް ފަޅައިގެންދާ މައްސަލަތަކެއް ކުރިމަތިވެ އެޕަލް ކުންފުނިން އެކަން ބަލަމުން އަންނަ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެޕަލް އައިފޯން 8 ޕްލަސްއަށް މިހެން ދިމާވެގެން އުޅޭ ސަބަބެއް އަދި އެޕަލް ކުންފުންޏަކަށްވެސް ހޯދިފައެއް ނުވެއެވެ. އެގޮތުން މިހާރު މިހާތަނަށް އައުފޯން 8 ޕްލަސް ފަޅައިގެން ދެ މައްސަލައެއް އެ ކުންފުންޏަށް ވަނީ ހުށަހަޅާފައެވެ.

ފުރަތަމަ އެފަދަ މައްސަލައެއް ފެނިފައި ވަނީ ޓައިވާން މީހެއް ގަތް ފޯނަކުންނެވެ. އެ ފޯނުގެ ވެރިފަރާތާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ފޯނާއި އެކު ލިބުނު އެޑަޕްޓަރާއި ކޭބަލް ބޭނުންކޮށްގެން ޗާޖް ކުރަނިކޮށް އެ ފޯނު ފަޅައިގެން ދިޔައީއެވެ. އެއީ އެ މީހާ އެ ފޯނު ގަތްތާ ފަސް ވަނަ ދުވަހުއެވެ. އެކަން ދިމާވީ އޭނާ ޗާޖަށް ޖެހިތާ ތިން މިނިޓްވެސް ނުވަނީސްކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

މިގޮތަށް އައިފޯން 8 ޕްލަސް  ފަޅައިގެންދާކަަމަށް ބުނެ ދެ ވަނަ ރިޕޯޓްކޮށްފައި ވަނީ ޖަޕާނުންނެވެ. އެ ފޯންގެ ވެރިފަރަތާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ފޯނު ގަނެގެން އައިސް ފޯނު ހުޅުވިއިރުވެސް އެ ފޯނު އޮަތީ ފަޅައިގެން ގޮސްފައެވެ.

މިގޮތަށް ފަޅައިގެން ދާ ދިޔުމުގައި އެއްވެސް ވަރަކަށް ފޯނު ގޮވާ ޒާތަކަށްވެފައެއް ނުވެއެވެ. އަދި އެއީ ބެޓަރީ މައްސަލައެއްގެ ސަބަބުން ވާކަމެއް ނޫންކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. އެހެންވެދާނެ ކަމަށް ބެލެވެނީ ފޯނު ދެ ފަރާތް ގުޅުވުމަށް ބޭނުންކޮށްފައިވާ އިސްކުރު ނުވަތަ ތެރަސްގެ ބާރު ނެތުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕަލް އިން މި އަހަރު ތިން ފޯނެއް ނެރުނެވެ. އެއީ އައިފޯން އެކްސް، އައިފޯން 8، އަދި އައިފޯން 8 ޕްލަސްއެވެ. މިހާރު އައިފޯން 8 އާއި އައިފޯން 8 ޕްލަސް ބައެއް ގައުމުތަކުގައި ވިއްކަމުން އަންނައިރު، އައިފޯން އެކްސް ބާޒާރަށް ނެރޭނެކަމަށް ބެލެވެނީ އަންނަ ނޮވެމްބަރު މަސް ތެރޭގައެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޕްރިއޯޑާ ކުރުމަށް ހުޅުވާލާނެކަމަށް އެޕަލް އިން ބުނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *