މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017 ފުވައްމުލަކުގައި ފެށިގެން ކުރިޔަށް ދަނީ

މިއަދު ހެނދުނުން ފެށިގެން ފުވައްމުމުލަކު ރަސްމީ ބޯޅަ ދަނޑުގައި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ފެށިގެން ކުރިޔަށް އެބަދެއެވެ. ފުވައްމުލަކުގެ ޕްރައިމަރީ އަދި ޕްރީ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ މި ފިއެސްޓާގައި މިފަހަރު އަންހެން އަދި ފިރިހެން ކުދިންގެ ޓީމުތައް ވެސް ބައިވެރިވެފައި ވެއެވެ.

މިފަހަރުގެ ފިއެސްޓާގައި ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލް ކަމަށްވާ އެމްޖޭއެމް، ހޭޒް އަދި އެފްއެސް ގެ އިތުރުން އައިޑިއަލް ޕްރީ ސްކޫލާއި ކެންގަރޫ ކިޑްސް- ފުވައްމުލައް، ޕްރީސްކޫލް ވެސް ބައިވެރިވެއެވެ. ކުޑަކުދިންގެ ފުޓުބޯޅައިގެ މި ފިއެސްޓާގެ ކުޅުން ނިންމުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.

ޕްރީސްކޫލް ކްލާސްތަކުގެ އިތުރުން މިފިއެސްޓާގައި ބައިވެރި ކުރަނީ ގްރޭޑް 1، 2 އަދި 3 ގެ އަންހެން އަދި ފިރިހެން ދަރިވަރުންނެވެ. ޕްރީ ސްކޫލުން ބައިވެރި ކުރަނީ ހަމައެކަނި ފިރިހެން ދަރިވަރުންނެވެ. ޕްރީ ސްކޫލުގެ ކޮންމެ ކްލާހަކުން 1 ޓީމު އަދި ގްރޭޑް ކްލާސްތަކުގެ ކޮންމެ ސްކޫލެއްގެ ގްރޭޑަކުން 2 ޓީމު ބައިވެރިކުރެއެވެ.

ބެލެނި ވެރިންނާއި ސްކޫލްތަކުން މިފަދަ ފިއެސްޓާތަކުގެ އަސްލު މަގުސަދު އޮޅުވާނުލުމަކީ މުހިންމު ކަމެކެއެވ. އެހެނީ މިފަދަ ފިއެސްޓާ ތަކަކީ ވާދަވެރި ކުޅިވަރު މުބާރާތްތަކެއް ނޫނެވެ. ގިނަ އަދަދެއްގެ ކުދިންނަށް އުފަލާއި މަޖަލުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދެވެ ހަރަކާތްތަކެކެވެ.

މުބާރާތްތަކެއްގެ ގޮތަށް ކުލުން ކުރިޔަށް ދިޔަ ކަމުގައި ވިޔަސް އަސްލު މަގުސަދު ހާސިލުކުރުމަށް ޓީމުތަކުގެ ހުރިހާ ކުދިންނަށް ވެސް ކުޅުމުގެ ފުރުސަތު ދިނުމަށް އިސްކަން ދިނުން މުހިންމެވެ.

މޯލްޑިވްސް ސޮކަރ ވެޓަރަން އިން އިންތިޒާމުކޮށްގެން ބާއްވާ ކުދަކުދިންގެ ފުޓުބޯޅައިގެ މި އީދަކީ ގިނަ އަދަދެއްގެ ދަރިވަރުން އިންތަޒާރުކުރަމުްނ އަންނަ ކުޅިވަރުގެ ޢީދެކެވެ. 2015 ވަނަ އަހަރުން ފެށިެގްނ ފުވައމުލަކާއި މާލޭގެ އިތުރުްނ ރާއްޖޭގެ ބޮޑެތި ރަށްތަކުގެއި  ކުރިޔަށް ގެންދާ މި ފިއެސްޓާއަށް އާއްމުންނާއި ބެލެނި ވެރިްނގެ ވެސް ބޮޑު ތަރުޙީބެއް ލިބެއެވެ.

މިފިއެސްޓަރ އަށް ފުވައްމުލަކުގެ ކުދަކުދިން ވަރަށ ްބޯޑު އުއްމީދެއް ކޮންމެ އަހަރަކު ވެސް ކުރެއެވެ. އަދި މިހަރަކާތަށް ފުވައްމުލަކުގެ ހުރިހާފަރާތްތަކުން ވެސް ވަރަށް ފުރިހަމ އެއްބާރުލުމެއް ދެއެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް ސޮކަރ ވެޓަރަންސް އިން ވެސް ވަނީ އެމީހުންގެ މިހަރަކާތް ފެށި ފަހުން ކޮންމެ އަހަރަކު ވެސް ފުވައްމުލަކުގައި މިހަރަކާތް ކުރިޔަށް ގެންދެއެވެ.

ނޯޓް : މިއީ މިކަލް ނިއުސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.