ބުޗާ ކަޕް: ފުވައްމުލަކު ޒުވާނުންގެ ރޫޙު (ދިގުވާނޑު) ޓީމާއި މިސްކިތްމަގު އ.ގ. މެޗު ގޯލެއް ނުޖެހި ވީއެއްވަރު

މިހާރު ކުރިއަށްދާ ބުޗާ ކަޕްގެ 5 ވަނަ މެޗުގައި މިއަދު ހަވީރު

ފުވައްމުލަކު ޒުވާނުންގެ ރޫޙު (ދިގުވާނޑު) ޓީމާއި މިސްކިތްމަގު އެންމެންގެ ގުޅުން  ޓީމާއި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. މިއީ މިމުބާރާތުގައި ޑްރޯ އަކުން ނިމާލި ދެވަނަ މެޗެވެ.

ގްރޫޕް ބީގެ މި މެޗުގެ ދެޓިމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި ނިންމާލުމުން މިމެޗުން ކޮންމެ ޓީމަކަސް ވެސް ޖެހުނީ 1 ޕޮއިންޓް ފުއްދާލާށެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ

މިސްކިތްމަގު އ.ގ. ޓީމުގެ ޖާރޒީ ނަމްބަރު 10 މުހައްމަދު އަތީފެވެ.

އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިސާގެ އިނާމު އަންނަ އަހަރު އިތުރަށް ބޮޑުކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އޮކްޓޯބަރު މަހު 8 ވަނަ ދުވަހުއެވެ.

ނޯޓް : މިއީ މިކަލް ނިއުސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.