ބުޗާ ކަޕް: ހީދަޑު (ޕެރިސް) ޓީމާއި ފުވައމްުކު ސްޕޯރޓސްގެ މެޗު 1-1 ން އެއްވަރު

ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ ބުޗާކަޕްގެ ހަތަރު ވަނަ މެޗުގައި ހޯދަޑު ޕީސް އެންޑް ރިކްރިއޭޝަން ސޮސައިޓީގެ ޓީމާއި ފުވައްމުލަކު ސްޕޯރޓްސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެޓީމު އެއްވަރުވެގެންނެވެ.

ގްރޫޕް އޭގެ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުވައްމުލަކު ސ.ކ އިންނެވެ. ނަމވެސް ފަހު ހާފުގައި ހޯދަޑުގެ 1 ނަމބަރު ( ޕެރިސް) ޓީމުން ގޯލެއް ޖަހައި މެޗުގެ މެޗު ހަމަހަމަ ނަތީޖާ ހަމަހަމަ ކުރީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ  ފުވައްމުލަކު ސ.ކ ގެ ޖ.9 އަބްދުﷲ ރަޝީދެވެ.

މިއަދު ހަވީރު ބައްދަލު ކުރާނީ މިސްކިތްމަގު އ.ގ. ޓީމާއި ފުވައްމުލަކު ޒުވާނުންގެ ރޫޙު (ދިގުވާނޑު ) ޓީމެވެ.

މިމުބާރާތަކީ ފުވައްމުލަކުގައި ފުޓްބޯޅައިގެ ފޯރި ކުޑަވެފައިވާތީވެ، އަހްމަދު ޝާފިއު (ބުޗާ) އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ އަންނަމަހު 8 ވަނަ ދުވަހުއެވެ.

ނޯޓް : މިއީ މިކަލް ނިއުސް އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.