ސަލްމާން ޙާންގެ ފުރަތަމަ މުސާރައަކީ 75 ރުޕީސް

ސަލްމާން ޙާންއަކީ މިހާރު ބޮލީވުޑްގެ އެއް ހީރޯއެވެ. އޭނާގެ ފިލްމްތަކާއި ލަވަތައް ވެގެންދިޔައީ ބޮލީވުޑްގެ ހިޓަކަށެވެ.

މިހާރު އޭނާ ބޮލީވުޑްގައި އެންމެ އަގުބޮޑުކޮށް ފިލްމް ކުޅޭ މީހުންގެ ލިސްޓަށް އަރައެވެ. އެ ލިސްޓަށް އޭނާ އަރަނީ އެތައް އަހަރެއްވަންދެން ކުރި މަސައްކަތުން ކަން ޔަގީނެވެ. ސަލްމާން ޚާންގެ އެންމެ ފުރަތަމަ މުސާރައިގެ ވާހަކަދައްކާލަން ޖެހެނީ އޭނާގެ ހިތްވަރުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ފަށާއިގަތް އިރު މުސާރައަކީ އެންމެ 75 ރުޕީސްެއެވެ. މިހާރު އޭނާއަށް އޭގެ އެތައް އެތައް ގުނައެއް ލިބެއެވެ.

ސަލަމާން މިފަހަކުން ބައެއް ބޭރު ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި، އޭނާއަށް އެއިރު 75 ރުޕީސް މުސާރަައިގެ ގޮތުގައި ލިބުނީ ސްޓޭޖް މަތީގައި ނަށައިގެންނެވެ.

“އަހަރެންގެ ފުރަތަަމަ މުސާރައަކީ 75 ރުޕީސް ވަރު ކަންނޭގެ. ތާޖް ހޮޓެލްގައި ނަށައިގެން. އެއީ ރައްޓެހިން އެކަން ކުރާތީ ކުރިކަމެއް”. ސަލްމާން ބުންޏެވެ.

އެ 75 ރުޕީސްއިން ފެށި މަސައްކަތުގެ އަގު ބޮޑުވެގެން އައިސް ދެން ދިޔައީ އެ މުސާރަ އެތައް ގުނަޔަކަށް އަރައިގެންނެވެ.

“ދެން 750 ރުޕީސް ލިބުނީ ކޭމްޕާ ކޯލާގެ ފަރާތުން. ދެން އެ ގިނަ ދުވަސްވުމުން 1500 ރުޕީސްއަށް ބޮޑުކުރި. ދެން އެފަހުން “މެއި ޕިޔާރު ކިޔާ” ފިލްމް ކުޅެގެން ފުރަތަމަ 31،000 ރުޕީސް ލިބުނުއިރު، އެފަހުން ބޮޑުވެގެން ދިޔަ 75،000 ރުޕީސްއަށް” ސަލްމާން ބުންޏެވެ.

ސަލްމާން މިހާރު ތައްޔާރުވަމުން ދަނީ އެނބުރި ބިގްބޮސް ޝޯވއަށް އައުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *