ޒަރީން ޚާން އަށް ވައިރަލް ހުމެއް ލައްވާލައިފި !

ފުލުފުލުގައި ވަރުގަދަ ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ބޮލީވުޑް ބަތަލާ، ޒަރީން ޚާންއަށް ވައިރަލް ހުމެއް ޖެހިފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޒަރީން ޚާން ބުނެފައިވަނީ މި ފަހަކަށް އައި ދުވަސްތައް ދިޔައީ ވަރަށް ބުރަކޮށް ކަމަށާއި، ވައިރަލް ހުމެއް ލައްވާލާފައިވާކަމަށެވެ. އަދި ބޭސްކެއުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާކަމަށާއި ސޮއިކޮށްފައިވާ ފިލްމުތަކުގެ ޝޫޓިން ދާދި އަވަހަށް ފަށާނެ ކަމަށެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޒަރީން ޚާން މިހާރު އެންމެ ބުރަކޮށް ކުރަމުން އަންނަ މަސައްކަތަކީ އަންނަ މަހުގެ ހައެއްގައި ރިލީޒް ކުރާ “އަކްސަރު 2” ޕްރޮމޯޓް ކުރުމުގެ މަސައްކަތެވެ.

ޒަރީން ޚާން މިހާރުވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތެއް ކުރަމުންނެވެ. އެއީ 1921 ނަމަކަށް ކިޔާ ފިލްމަކާއި ޑީއޯއޭ: ޑެތު އޮފް އަމަރު ނަމަކަށް ކިޔާ ފިލްމެކެވެ.