ތެޔޮ އުފެއްދުން ދަށްވެ ޑިމާންޑް އިތުރުވުމާއި ގުޅިގެން ތެޔޮ ގެ އަގު %3 މައްޗަށް

އޮޕެކް ގެ މެންބަރުން ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ކަނޑައަޅާފައިވުމުގެ ސަބަބުން ދުނިޔޭގައި ތެޔޮ އަށް އޮތް ޑިމާންޑް މަތިވެ އަދި ދުނިޔޭގެ ސިޔާސީ މައިދާނަށް އަންނަ ބޮޑެތި ބަދަލުތަކާއި ގުޅިގެން މިދިޔަ ހޯމަ ދުވަހު ތެޔޮ ގެ އަގުތައް ވަނީ %3 އަށް އިތުރުވެފައެވެ.

މިގޮތުން ތެޔޮ ފޯރުކޮށްދޭ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ބްރެންޓް އިން ވަނީ ބެރެލް އެއްގެ އަގު %3.8 އަށް އިތުރުކޮށްފައެވެ. މިއީ ޖުލައި 2015 އަށް ފަހު ތެޔޮ ގެ އަގު އެހާ ބޮޑުތަނެއް މަތި ކުރި ފުރަތަމަ ފަހަރެވެ. ހަމަ މިއާއެކު ޔޫ.އެސް ވެސްޓް ޓެކްސަސް އިން ވަނީ ތެޔޮގެ އަދު %3 އަށް މަތިކޮށްފައެވެ.

އިރާގުން ދުނިޔޭގެ މަރކެޓަށް ތެޔޮ ގެންދިޔުމުން ހުއްޓުވާނެ ކަމަށް ތުރުކީ ކޮށްފައިވާ އިއުލާނުގެ ސަބަބުންވެސް ތެޔޮގެ އަގު މައްޗަށް ދިޔުމަށް ވަނީ މެދުވެރިވެފައެވެ. އަދި މިކަމުގެ ސަބަބުން މާރކެޓަށް ދުވާލެއްގެ މައްޗަށް ނެރޭ ކުރޫޑް އޮއިލް ބެރެލްސް ގެ ތެރެއިން 500000 މަދުވުން އެކަށީގެންވާކަމަށް ކޮމަރސް ބޭންކް ގައި މަސައްކަތްކުރާ އެނަލިސްޓެއް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޮޕެކް، ރަޝިއާ އަދި ތެޔޮ އުފައްދާ އެތައް ޤައުމުތަކަކުން ވަނީ 2017 ވަނަ އަހަރުން ފެށިގެން ޖުމްލަ 1.8 މިލިއަން ބެރެލްސް މަދުކޮށްފައެވެ. އަދި މީގެ ސަބަބުން މިދިޔަ 3 މަހު އެކަނިވެސް ތެޔޮ ގެ އަގު ވަނީ %15 އަށް މައްޗަށް ގޮއްސައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވުނު އޮޕެކް ބައްދަލުވުމުގައި އެތައް ޤައުމުތަކަކުން ވާހަކަ ދައްކަވަމުން ތެޔޮ ގެ ޑިމާންޑް އާއި ސަޕްލައި އަށާއި އަގަށް އަންނަ ބަދަލުތަކަކީ އެމީހުން ގެންނަން ބޭނުންވި ބަދަލުތަށް ކަމަށް ވަނީ ބުނެފައެވެ. ކުވައިތީ އޮއިލް މިނިސްޓަރު އެއްސަމު އަލް މަރްޒޫޤް ވިދާޅުވިގޮތުގައި އެ ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ ކްރޫޑް ތެޔޮގެ ސްޓޮކް ވަނީ އެމީހުންގެ 5 އަހަރުގެ އެވެރަޖަށް ގެނައްސައެވެ. އަދި މިއީ އޮޕެކް ގެ ލަނޑުދަނޑިކަމަށެވެ.