މަރކިއޯރ މޯލްޑިވްސް ކޫއްޑޫ ރިސޯޓު ހުޅުވައިފި

ގއ.ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަރކިއޯރ ކޫއްޑޫ ރިސޯޓު ހުޅުވައިފިއެވެ.

މަރކިއޯރ ކޫއްޑޫ ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިރިސޯޓް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. މަރކިއޯރ ކޫއްޑޫ ރިސޯޓަކީ ރާއްޖޭގެ ސަރަޙައްދީ އެއަރޕޯޓް ހިންގާ ރަށެއްގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އަދި މުޅި ދުނިޔޭގައި ވެސް ވޯޓާ ވިލާތަކާއި އެކު ހަދާފައިވާ ރިސޯޓެއްގައި އެއާޕޯޓް އޮތް ހަމައެކަނި ރިސޯޓަކީ ވެސް މަރކިއޯރ މޯލްޑިވްސް ރިސޯޓް ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ކަށަވަރު ކުރެވެއެވެ.

މަރކިއޯރ މޯލްޑިވްސް ކޫއްޑޫ ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ އެކޯރ ހޮޓެލްސްއިންނެވެ. ހަތަރު ތަރީގެ މި ރިސޯޓުގައި 68 ކޮޓަރި ހުރެއެވެ. އޭގެތެރެއިން 43 ކޮޓަރިއަކީ މޫދު ކޮޓަރި، އަދި ފަންސަވީސް ކޮޓަރިއަކީ ބީޗު ކޮޓަރިއެވެ.

މަރކިއޯރ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގައި ޑައިވް ސެންޓަރަކާއި ވޯޓަރސްޕޯޓްސް ސެންޓަރަކާއި ސަޕާރ އަދި ޖިމެއްވެސް ހިމެނޭނެއެވެ.

ނޯޓް : މިއީ ވަގުތު އޮންލައިން އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.