ރާއްޖޭގެ ފުރަތަމަ ހޮލިޑޭ ހޯމް “ވެލި ވިލާ” ހުޅުވައިފި

އާއިލާ އާއި ރައްޓެހިންނާއި އެކު ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ތަރައްގީ ކުރި ފުރަތަމަ ހޮލިޑޭ ހޯމް ގެސްޓްހައުސް “ވެލި ވިލާ” ކ. ދިއްފުށީގައި ހުޅުވައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ ހުޅުވި ވެލިވިލާ ގެސްޓްހައުސް އަކީ ލޯކަލް ޓްއަރިޒަމް ތަޢާރަފުކުރިފަހުން ހޮލިޑޭހޯމް ސްޓައިލް އަށް ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރި ކޮންސެޕްޓެކެވެ. ހަތަރު ކޮޓަރީގެ ލަގްޒަރީ ބަންގަލޯ ހިމެނޭ މި ގެސްޓް ހައުސްގައި ގާޑަން އާއި، ރެސްޓޯރެންތްގެ އިތުރަށް، ސަން ޑެކް އާއި އަދި ޕަރއިވެޓް ބީޗް ހިމެނެ އެވެ.

2

އަތިރިމަތި ފެންނަ ގޮތަށް ފަރުމާކޮށްފައިވާ “ވެލި ވިލާ” އަށް ޗުއްޓީ ހޭދަކޮށްލަންދާ ފަރާތްތަކުން ބޭނުންވާނެ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެކަމަށް “ވެލި ވިލާ” ގެ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ.

އާއިލާ އާއި ރައްޓެހިންނާއި އެކު ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ތަރައްގީކޮށްފައިވާ ހޮލިޑޭ ހޯމް ގެސްޓްހައުސް “ވެލި ވިލާ” ގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަތުރުވެރިންގެ އިތުރަށް ދިވެހިންނަށްވެސް ވަނީ ހުޅުވާލާފަ އެވެ.

3

4

5

6