ދިރާގުން ގެސްޓްހައުސް ޓީވީ ތައާރަފު ކުރަނީ

ދިރާގުން “ގެސްޓްހައުސް ޓީވީ” ތައާރަފްކުރަން ތައްޔާރުވެއްޖެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސް 2017” ގައި ދިރާގުން ވަނީ ގެސްޓްހައުސް ޓީވީގެ ހާއްސަ ޕްރެޒެންޓޭޝަނެއް ދީފަ އެވެ.

ގެސްޓްހައުސްގައި ލިބެން ހުރި ހިދުމަތްތަކާއި ސްކޯންކިން އަދި މިފަދަ ގިނަ ތަންތަނުގެ މައުލޫމާތު ވެސް މިޓީވީން ލިބެން ހުންނާނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ނަމަވެސް މި ހިދުމަތް ތައާރަފު ކުރާނެ ތާރީހެއް ދިރާގުން ހާމަކޮށްފައެއް ނުވެއެވެ.

ޖޯއީބޮކްސް މެދުވެރިކޮށްދޭ “ދިރާގު ޓީވީ” ގެ ހިދުމަތް ފެށުމާއެކު އެ ކުންފުނިން ވަނީ މި ދާއިރާ އަށް ބޮޑު ކުރިއެރުމެއް ގެނެސްދީފަ އެވެ. އެގޮތުން ދިރާގުން ވަނީ މަޝްހޫރު އޭއެންއީ ޗެނަލްއާ ގުޅިގެން އިތުރު ފަސް ޗެނަލެއްވެސް ދާދިފަހުން ތައާރަފުކޮށްފަ އެވެ.

އެ ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ ހިސްޓްރީ ޗެނަލްއަކާއި ލައިފްޓައިމް އަދި އެފްވީއައިގެ ނަމުގައި ތައާރަފުކުރި ޗެނަލެއްގެ އިތުރުން އެޗްޓޫ ޗެނަލާއި ކްރައިމް އިންވެސްޓިގޭޝަން ޗެނަލެކެވެ.

މިޗެނަލްތަށް “ދިރާގު ޓީވީ” އިން ދިވެހިންނާ ހަމައަށް ފޯރު ކޮށްދެނީ ދުނިޔޭގެ ފެންވަރުގެ ކޭބަލް ޓީވީ ނެޓްވޯކެއް ކަމަށްވާ އޭ އެންޑް އީ ނެޓްވޯކާއި ގުޅިގެންނެވެ. ކާމިޔާބު ނެޓްވޯކެއް ކަމަށްވާ އޭ އެންޑް އީގެ އުފެއްދުންތަކަށް ވަނީ ޖުމްލަ 14 ގޯލްޑެން ގްލޯބް އެވޯޑަށާއި، 4 އެކެޑެމީ އެކެޑެމީ އެވޯޑަށާއި، 33 ބަފްޓާ އެވޯޑަށާއި އަދި 362 އެމީ އެވޯޑަށް ނޮމިނޭޓު ވެފައި ކަން ފާހަގަ ކޮށްލެވެއެވެ.

ދިރާގުގެ އައިޕީޓީވީ އަކީ އިންޓަރނެޓް ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްޏޮލޮޖީއެކެވެ. މި ހިދުމަތް ހޯދުމަށްޓަކައި ބޭނުންވަނީ ދިރާގު ބްރޯޑް ބޭންޑް ކަނެކްޝަނެކެވެ.

ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭއަށް ފޯރުކޮށްދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުނިކަން ފާހަގަ ކޮށްލެވެއެވެ.

ނޯޓް : މިއީ ވަގުތު އޮންލައިން އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.