ޕްރިމިއާ ލީގު: އެވަޓަން އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން ފަސޭހަ ކަމާއެކު 4-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އެންޓޯނިއޯ ވެލެންސިއާ އާއި ހެންރިކް މިކިތާރްޔަން އާއި ރޮމެލޫ ލުކާކޫ އަދި އެންތަނީ މާޝިއަލް އެވެ.

ރޭގެ މެޗަށް ފަހަު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ހިތް ގައިމު މޮޅު ކުޅުމެއް ކަމަށާއި މެޗަށް ނިކުތީ އެވަޓަން އަކީ ކިހާވާރެއްގެ ޓީމެއްކަން އިނގިހުރެ ކަމަށެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގައި ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނަ މަގާމްގައެވެ. ލީގުގެ އެއް ވަނަ މަގާމްގައި އޮތީ ޔުނައިޓެޑާ އެއް ވަރަށް މެޗް ކުޅެ، ހަމަ އެއަދަަދަށް ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ. ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ލީގް ތާވަލްގެ ތިން ވަނަ މަގާމްގައި އޮތީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ.

ލީގުގައި ޔުނައިޓެޑް ދެން އެންމެ އަވަހަށް ވެސް ކުޅޭ މެޗުގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:00 ގައި ނުކުންނާނީ ސައުތުހެމްޓަންއާ ދެކޮޅަށެެވެ.