ސްރީލަންކަން އެއާލައިނުން ހާއްސަ ފެއާއެއް ތައާރަފް ކޮށްފި

ސްރީލަންކަން އެއާލައިނުން ރާއްޖެއާ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތަކަށް ހާއްސަ ފެއާއެއް ތައާރަފް ކޮށްފިއެވެ.

ސްރީލަންކަން އެއާލައިނުން ބުނީ މި ފެށި ފެއާގެ ދަށުން ކޮލަންބޯ ދެކޮޅު ޓިކެޓެއް 186 ޑޮލަރަށް ލިބިގެންދާނެކަމަށެވެ. އަދި މި ފެއާގެ ދަށުން ދަތުރުކުރާ ބިދޭސީންގެ އަތުން 26 ޑޮލަރު އިތުރަށް ނެގޭނެ ކަމަށެވެ.

ސްރީލަންކަން އެއާލައިނުން ތައާރަފް ކުރި މި ފެއާގެ ދަށުން ޓިކެޓް ގަންނަން ލިބެންހުންނާނީ މި އަހަރު ނޮވެންބަރު މަހުގެ ނިޔަށެވެ.

އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަށް ހުރި ދަތުރުތަކުގެ ޓިކެޓް ވެސް ފެއާ އަގުގައި ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން ވަނީ ހާމަ ކޮށްފައެވެ.