ކުޓީނިއޯ ހޯދުމުގެ މަސައްކަތް ނިމުމަކަށް؟

ނޭމާ ނެތްތަން ފޫބެއްދުމަށްޓަކައި ބާސެލޯނާއިން އެ ޓީމަށް ގެނެއުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލްގެ ބްރެޒިލް ތަރި ފިލިޕޭ ކުޓީނިއޯ ހޯދުމުގެ މަސައްކަތް ބާސެލޯނާއިން ނިމުމަކަށްގެނެސްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުޓީނިއޯ ހޯދުމަށް ބާސެލޯނާއިން ވަނީ ލިވަޕޫލަށް ތިން ބިޑެއް ހުށަހަޅާފައެވެ. މި ތިން ބިޑްވެސް ލިވަޕޫލްއިން ބަލައިގެންފައެއްނުވެއެވެ. އެންމެ ފަހުން ބާސެލޯނާއިން ލިވަޕޫލަށް ހުށަހެޅި 125 މިލިއަން ޔޫރޯގެ ބިޑްވެސް ލިވަޕޫލްއިން ބަލައިގެންފައެއްނުވެއެވެ.

ކުޓީނިއޯ ނުވިއްކާނެކަމަށް މީގެ ކުރިން ލިވަޕޫލްއިން ބުނެފައިވާއިރު ކުޓީނިއޯވަނީ އޭނާ ބާސެލޯނާއާ ގުޅެން ބޭނުންވާކަމަށް ބުނެފައެވެ.

ނޭމާ ނެތްތަން ފޫބެއްދުމަށްޓަކައި ބާސެލޯނާއިން އަންނަނީ ޑޯޓްމަންޑްގެ ޒުވާން ފޯވާޑް ޑެމްބެލޭ ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.