ކަމަދޫ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ބ.ކަމަދޫގެ ރަށު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ

މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އަހުމަދު ސާޖިދުއެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ އަލީ ނާއިޒްއެވެ.

މި އިންތިހާބު ސާޖިދު ކާމިޔާބުކުރީ 169 ވޯޓުންނެވެ. ނާއިޒުއަށް ލިބިފައިވަނީ 142 ވޯޓެވެ.

މި އިންތިހާބުގައި 315 މީހަކު ވޯޓުލާފައިވެއެވެ. ވޯޓުލުމަށް ޝަރުތު ފުރިހަމަވާ 338 އެރަށުގައި ތިބެއެވެ.

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން މިއަދު ބޭއްވީ އެ ކައުންސިލްގެ މެމްބަރަކު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.