ތިބާގެ ދިރިއުޅުމުން ބޭކާރު މީހުން ދުރުކުރޭ

ކޮންމެ މީހެއްގެ ދިރިއުޅުމުގައި އޭނާ އަށް މުހިއްމު ގިނަ ބަޔަކު ތިބެއެވެ. އެންމެ ގާތް ރަހުމަތްތެރިންނަށް ގިނަ ވާހަކަ ތަކެއް ކިޔާދޭއިރު އެއްބަޔަކީ އަނެކާ އޭނާ އަށް އިތުބާރު ކުރާތީ އެއިން ނާޖާއިޒް ފައިދާ ނަގާ ބައެކެވެ. ތިބާގެ ދިރިއުޅުމުގައި ބޭކާރުވާހާ މީހުން ތިބާގެ ދިރިއުޅުމުން ދުރަށްލާން ޖެހެއެވެ. އެއީ ކީއްވެ ހެއްޔެވެ؟

ކަންތައްތައް އެއްގޮތެއްގައި ދެމި ނުހުންނާތީ

ތިބާގެ އެންމެ ގާތް ރަހުމަތްތެރިއާ އަކީ ކުރިން ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް ދުވެފައި ތިބާ ކައިރިއަށް އަންނަ ރަހުމަތްތެރިއެކެވެ. ހުރިހާ ވާހަކަ ތަކެއް ހިއްސާ ކުރާ އެކު އެކީ އުޅުނު ބައެކެވެ. ނަމަވެސް މިހާރު މިކަންތައް ކުރުން މަދުވެއްޖެކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ ފާހަގަ ކުރެވޭނަމަ އޭނާ އެއީ މިހާރު ތިބާގެ ދިރިއުޅުމަށް ބޭކާރު މީހެކެވެ.

އަބަދުވެސް ތިބާ އެ ގުޅުން ރަނގަޅުކުރަން މަސައްކަތްކުރުން

އަނެކާގެ ފަރާތުން ތިބާ އާއި އެކީ އުޅެން ބޭނުންވާ ކަމުގެ ނިޝާނެއް ނުފެނެއެވެ. މައްސަލަ ޖެހުނީމާ އަބަދުވެސް ތިބާ އެ ހައްލުކުރަން ގަދައަޅާ މަސައްކަތްކުރެއެވެ. އަނެކާގެ ފަރާތުން އެއްވެސް އަޅާލުމެއް ކިރިޔާ ވެސް އެ ހައްލު ކުރަން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. މިހެން ކަން ވަނީ ނަމަ އަވަހަށް އެ ބައިވެރިޔާ ތިބާގެ ދިރިއުޅުމުން ދުރަށް ލާށެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *