އެލެކެސެންޑާ އާނޯލްޑައަށް ފްރީކިކް ޖަހަން ދަސްކޮށްދިނީ ބޯޅަ:ކްލޮޕް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖައަށް ކޮލިފައިވުމަށް ލިވަޕޫލް އާއި ހޮފިންޙަމް ބައްދަލު ކުރިމެޗުގައި އާނޯލްޑައަށް ފްރީކިކް ޖަހަން މަގުފަހި ކުރުވީ ބޯޅަ ކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖް ކޮލިފައިންގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ އަތުން ހޮފިންހަމް 2-1 ލަނޑުން ބަލިވި މެޗުގައި އާނޯލްޑް ޖެހި ފްރީކިކްއަށް އިޝާރާކުރަމުން ނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެނާ ޖެހި ލަނޑަކީ 18 އަހަރުގެ ވާތް ފަޅިން ފަހަތަށް ކުޅޭ އާނޯލްޑް ލިވަޕޫލްއަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ފުރަތަމަ ލަނޑެއެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ” އެލެކްސެންޑާ އަކީ ތަފާތު މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އެނާ މިވަނީ 18 އަހަރުގައި ޓީމްއަށް ކުޅުނު އެންމެ މުހިންމު މެޗުގައި ލަނޑު ޖަހާ އެކަން ސާބިތުކޮށް ދީފައިކަމަށާއި ކުދި ކުދި ކަންތަށް ރަނގަޅު ކުރަން ޖެހުނު ކަމުގައި ވިޔަސް އެނާވަނީ މިމެޗުގައި އެންމެ މުހިންމު ކަންތައް ކޮށްދީފައި”ކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އެލެކްސެންޑާ އާނޯލްޑްގެ ލަނޑުން ލިވަޕޫލް ފުރަތަމަ ހާފް ނިމުނީ 1 ލަނޑުގެ ލިޑެއްގައި ލިވަޕޫލް އޮވެގެން ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ހޮފިން ހަމް ރަނގަޅައަށް ކުޅު ގިނަ ހަމަލާތަށް ލިވަފޫލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލަފައެވެ.ނަމަވެސް ހޮފިންހަމްއަށް މެޗުގެ ނަތީޖާ އަނބުރާނުލެވެނީސް ލިވަޕޫލްގެ ލީޑު ފުޅާވެފައިވަނީ ހޮފިންހަމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.ހޮފިންހަމް އިން މިމެޗުގެ ލީޑު ކުޑަކޮށްފައިވަނީ މެޗު ނިމެން 3 މިނިޓްއަށް ވެފައިވަނިކޮށް މާކް އުތްގެ ލަނޑުންނެވެ.

މިދެޓީމް ކުޅޭ ޗެމްޕިއަންސް ލީގް ކޮލިފިކޭޝަން ކުޅޭ ދެވަނަ މެޗު އޮންނާނީ ބުދަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ.