އައިފޯނާއި ޕެއާ ކުރަން ނުޖެހޭ އެޕަލް ވޮޗެއްގެ މަސައްކަތް ފަށައިފި

އެޕަލް އައިފޯނާއި ޕެއާ ކުރަން ނުޖެހޭ އެޕަލް ވޮޗެއް އުފެއްދުމަށް އެޕަލް އިން މަސައްކަތް ފަށައިފިއެވެ.

ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުން އާ ވޮޗް، ފޯނާއި ގުޅާލާނީ އެލްޓީއީ މޯބައިލް ނެޓްވޯކުންނެވެ.

އެކަމާ ގުޅޭ ގޮތުން އެޕަލް އިން ވަނީ އެމެރިކާ އަދި ޔޫރަޕްގެ ހިދުމަތްދޭ ކުންފުނިތަކާއި މަޝްވަރާކުރަން ފަށާފައެވެ. އަދި އެ ޑިވައިސް މިއަހަރުގެ ފަހުކޮޅު ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެޕަލް ވޮޗް ތައާރަފުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެޕަލްގެ ވެރިޔާ ޓިމް ކުކް ވިދާޅުވި ގޮތުގައި އެޕަލް ވޮޗަކީ ދުނިޔޭގައި އެންމެ ހިނގާ ސްމާޓް ވޮޗެވެ.