ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެ

މިއަދު މެންދުރު ފަހުންފެށިގެން ފުވައްމުލައް ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މާދަމާ ހެނދުނު 10:00 ހަމައަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި، އަދި މެންދުރުފަހުން ދެކުނުއަތޮޅުތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމަށެވެ.

އަދި ވައިޖެހޭނެ ކަމަށް ބެލެވެނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންެޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެެކަމަށެވެ.