ޔުވެންޓަސް ބަލިވި އިރު ޑެނީ އަލްވޭސް އަށް އަނިޔާވެއްޖެ

އިޓަލީ ލީގުގައި ޖެނޯއާ އަތުން ހައިރާންކުރަނިވިކޮށް 3-1 އަކުން ޔުވެންޓަސް ބަލިވި މެޗުގައި ޔުވެންޓަސްގެ ޑިފެންޑަރު ޑެނީ އަލްވޭސްގެ ފަޔަށް އަނިޔާވެއްޖެ އެވެ.

އުމުރުން 33 އަހަރުގެ ކުރީގެ ބާސެލޯނާ ކުޅުންތެރިއަށް އަނިޔާވީ ޔުވެންޓަސް އަށް ތިން ބަދަލެއް ގެނައިތާ ފަހުންނެވެ. އެހެން ކަމުން، އިތުރު ކުޅުންތެރިއެއް އެރުވެން ނެތުމުން ޔުވެންޓަސް އިން މެޗުގެ ބާކީ ބައި ފުރިހަމަކޮށްފައިވަނީ 10 ކުޅުންތެރިންނާއެކުގަ އެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްވޭސްގެ ވާތު ފައިގެ ފިބިއުލާ ކަށި ފްރެކްޗާ ވެފައިވާ ކަމަށެވެ.

ބްރެޒިލް އަށް ނިސްބަތްވާ ޑެނީ އަލްވޭސް ޔުވެންޓަސް އަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އޭނާ އެ ކްލަބަށް ބަދަލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޑެނީ އަލްވޭސް އަށް އެ މެޗުގައި އަނިޔާވެ ބާލުވަން ޖެހުން އިރު، އުމުރުން 29 އަހަރުގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ވެސް ވަނީ ފުރަތަމަ ހާފްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ބާލުވާފަ އެވެ.